ENGLISH

26 މޭ 2026

Advertisement

ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި

26 މޭ 2026

|

އައިމިނަތު ޝަފާ

ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި.

ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ގޮސްފި އެވެ.

އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ހެނދުނު ވިދާޅުވީ އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހުރިހާ ޙާޖީންނަށް މިވަގުތު ޢަރަފާތު ބިމަށް ދެވިފައިވާކަމަށެވެ. ޢަރަފާތު ބިމަށް ނުދެވޭ ޙައްޖުވެރިޔާ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާ ދެވެމުން އަންނަ ކަމަށާއި، ހައްޖު ކޯޕަރޭޝަންގެ އެހީތެރިންނާއެކު އެޙާޖީވެސް ޢަރަފާތު ބިމަށް ގެންދެވޭނެކަމަށް ވަޒީރު އޭރު ވިދާޅުވި އެވެ.

އޭގެފަހުން ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އެންމެހައި ދިވެހި ޙާޖީންގެ ޙާލު ރަނގަޅުކަމަށާއި އެންމެހައި ހާޖީން ވަނީ ޢަރަފާތު ބިމުގައިކަމަށެވެ. އަދި މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ހާޖީގެ ހާލުވެސް މިހާރު ރަނގަޅުކަމަށާއި ޙައްޖު ކޯޕަރޭޝަނުން މިއަދު އެ ހާޖީ ވެސް ޢަރަފާތަށް ގެންގޮސްފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ. 

ޢަރަފާތު ދުވަހަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މާތް ދުވަހެވެ. މިއަދުގެ އިރު އޮއްސުމާއި ހަމައަށް ޙާޖީން މަޑުކުރާނީ ޢަރަފާތުގެ މަޝާއިރުގައި، ޙައްޖުގެ މަނާސިކުތަކުގައި މަޝްޢޫލުވެގެން ނެވެ. ޙައްޖުވެރިން ޢަރާފާތުގައި މަޑުކުރުމަށްފަހު، މުޛްދަލިފާއަށް ދާން ދަތުރުފަށާނީ މިރޭ އިރުއޮއްސުމުންނެވެ. އަދި މާދަމާ މިނާއަށްގޮސް، ޖަމްރަތުލް އަޤަބާއަށް ހިލައުކާ ދެން ހިމެނޭ ވާޖިބުތައް އަދާކުރުމުން ފުރަތަމަ ތަޙައްލުލު (އިހުރާމު ކެނޑޭނެ)އެވެ.

މިއަހަރު ރާއްޖެއިން 1000 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ގޮސްފަ އެވެ.

މިއަހަރު ރާއްޖެއިން 1،000 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު