ENGLISH
25 ނޮވެމްބަރު 2024
މަސްނޫއީ ފަޔާއެކު އެވަރެސްޓްގެ އެންމެ އުހަށް އެރި ހިތްވަރުގަދަ އަރުނިމާ
03 ނޮވެމްބަރު 2024
|
އަރުނިމާ ސިންހާ
އެންމެ މަޤްބޫލު
މިއީ އިރާދައާއި ކާމިޔާބުގެ ވާހަކައެކެވެ. މިއީ ހިތްވަރާއި، ކެތްތެރިކަމާއި އަދި ޤާބިލްކަމުގެ ވާހަކައެކެވެ. މިއީ ގޮންޖެހުންތަކާ ކުރިމަތިލާއިރު އުއްމީދާއި ކެތްތެރިކަމުގެ ވާހަކައެކެވެ.
2011 ވަނަ އަހަރު، 24 އަހަރުގެ ގައުމީ ފެންވަރުގެ ވޮލީބޯޅަ ކުޅުންތެރިއެއް ކަމުގައިވާ އަރުނިމާ ސިންހާ، އޭނާ އަޅާފައި ހުރި ރަން ފަށް ނުދިނުމުން، ދުއްވާފައިދިޔަ ރޭލަކުން ވަގުން އޭނާ ކޮށްޕާލިއެވެ. ރޭލު އޭނާގެ ފައި މައްޗަށް އެރުމުން އޭނާގެ ވާތު ފައި ޗަސްވެ ބުރިކޯށްލަން ޖެހުނެވެ.
ހޮސްޕިޓަލް އެނދުގައި އޮވެ، އެއް ފައި ބުރިކޮށްލެވިފައިވަނިކޮށް، އަރުނިމާ ސިންހާ ގިނަ މީހުންނަށް ނުކުރެވޭނެ ފަދަކަމެއް ކުރުމަށް ހިތުގައިލއެވެ.އެ ދުވަހުން ފެށިގެން އޭނާގެ މަޤްޞަދަކަށްވީ ހަމައެކަނި މަސްނޫޢީ ފަޔަކާއެކު ހިނގަން ދަސްކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި ދުނިޔޭގެ އެންމެ އުސް ތަނަށް އެރުމެވެ. - އެއީ އެވަރެސްޓް ފަރުބަދައެވެ. 2013 ގައި އޭނާ އެކަން ކުރިއެވެ. މިކަން ހާސިލުކުރި ފުރަތަމަ އިންޑިއާގެ އަންހެން ހާއްސައެހީއަށް ބޭނުންވާ މީހާއަށް ވެގެން ދިޔައެވެ. މިއީ ގިނަ މީހުން ދެކޭގޮތުގައި ނުކުރެވޭނެ ކަމެކެވެ. މިކަމުގެ ސަބަބުން އޭނާގެ އަމިއްލަ އިތުބާރު އަނބުރާ ލިބުމުގެ އިތުރުން، އޭނާގެ ގައުމުގެ އެންމެންނަށް އިލްހާމެއް ކަމުގައި ވެގެން ދިޔައެވެ. 2015 ގައި އޭނާއަށް ޕަދްމަ ޝްރީ އެވޯޑް ލިބުނެވެ. މިއީ އިންޑިއާގެ ހަތަރުވަނައަށް އެންމެ މަތީ ސިވިލް އެވޯޑެވެ.
އަރުނިމާ ކުރިމަތިލި ބިރުވެރި ދަތުރާއި، އޭގެ ފަހުން ދިމާވި ވޭނާއި، އޭނާގެ ފަރުވާގައި ފިޒިއޯތެރަޕީގެ ދައުރާއި، އެވަރެސްޓަށް އަރަން ނިންމި ސަބަބާއި، އަދި އެންމެ ގޯސް އުނދަގޫ ވަގުތުތަކުގައި އިންސާނީ ރޫހު ދިރުވަން ދަސްކުރާ ގޮތާ ބެހޭގޮތުން އޭނާ ވާހަކަދެއްކިއެވެ. މިއީ އަރުނިމާގެ ވާހަކައެވެ.
ކުޑައިރުގެ ދުވަސްތައް
އަރުނިމާ އުފަންވީ އަމްބެދްކަރު ނަގަރަށެވެ. މިއީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ކުޑަ ޑިސްޓްރިކްޓެކެވެ. ލަކްނޯއިން 200 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ. އޭނާގެ ބައްޕައަކީ އާމީގެ އިންޖިނިއަރެކެވެ. އަދި މަންމަ، ގިޔާން ބާލާ، އަކީ ސަރުކާރުގެ ޕްރައިމަރީ ހެލްތު ސެންޓަރެއްގެ ހެލްތު ސުޕަވައިޒަރެކެވެ. އަހަރެންގެ އުމުރުން 3 އަހަރުގައި ބައްޕަ މަރުވިއެވެ. ދުނިޔޭގައި ހުރީ އޭނާގެ ދައްތަ ލަކްޝްމީ ސިންހާ އަދި ބޭބެ ރާހުލް ސިންހާ އެވެ. ބައްޕަ މަރުވުމުން އެމީހުންގެ ބޮޑުދައިތަގެ ފިރިމީހާ އޮމްޕްރަކާޝް، އެމީހުން ލޯބިން ކިޔާ ބާއީ ސާހިބް، ޢާއިލާގެ ބަލަދުވެރިޔާ ކަމުގައި ވެގެންދިޔައެވެ.
ވަޒީފާއާއި ކުޅިވަރުގެ ހަނދާންތައް
އަރުނިމާގެ ޢާއިލާގެ އެންމެން ކުޅިވަރަށް ލޯބިކުރެއެވެ. އޭނާއަކީ ކުޑައިރުއްސުރެ ޤުދުރަތީގޮތުން ކުޅިވަރަށް ހުނަރުވެރި މީހެކެވެ. އަރުނިމާ ހަނދާން ހުންނަން ފެށި ހިސާބުން ފެށިގެން ސައިކަލު ދުއްވައެވެ. ކުރިން ސްކޫލުގައި ފުޓުބޯޅަ ކުޅެ، ފަހުން ކޮލެޖުގައި ގައުމީ ފެންވަރުގައި ވޮލީބޯޅަ ކުޅުނެވެ. އެކަމަކު ވަޒީފާ އަދާކުރަން ފެށުމުން ކުޅިވަރުން ފަހަތަށް ޖެހުނެވެ. އަރުނިމާ ޕޯސްޓް ގްރެޖުއޭޓް ނިންމުމަށްފަހު ޤާނޫނީ ވަކީލުކަން ކިޔެވިއެވެ.އަދި ރަނގަޅު ކެރިއަރއެއް ފެށޭނެކަމުގެ ޔަޤީންކަން އޮތެވެ. އެކަމަކު ކޮންމެ މީހަކަށްވެސް އޭނާގެ ދިރިއުޅުމުގައި ވަޒީފާ ނެތުމުގެ ވޭން އިހުސާސްކުރަން ޖެހެއެވެ. އޭނާ އެކަން ތަޖުރިބާކުރަމުން ދިޔައެވެ.
އަރުނިމާގެ ބޮޑުބޭބެގެ ލަފައަކަށް، އޭނާ ނިންމީ ޕެރަމިލިޓަރީ ބާރުތަކުގައި ވަޒީފާއެއް ހޯދާށެވެ. އެއީ ކުޅިވަރުގެ ޝައުޤުވެރިކަން ދެމެހެއްޓުމާއެކު ގަވާއިދުން އާމްދަނީއެއް ލިބޭނެ މަގެއް ހޯދުމަށްޓަކައެވެ. ގިނަގުނަ މަސައްކަތްތަކެއް ކުރުމަށްފަހުވެސް އެ ވަޒީފާ ނުލިބުނެވެ. ވަޒީފާ ހޯދުމުގެ މަސައްކަތް އުންމީދުކުރި ގޮތަކަށް ނުދިޔައެވެ.
2011 ގައި، ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީ.އައި.އެސް.އެފް) ގެ ހެޑް ކޮންސްޓަބަލްގެ މަޤާމަކަށް ކުރިމަތިލިއެވެ. އިންޓަވިއުއަށް ގުޅާ ސިޓީ ލިބުނު އިރު، އުފަން ތާރީޚު ރަނގަޅަށް ނެތްކަން ފާހަގަކުރެވުނެވެ. މި ޓެކްނިކަލް މައްސަލައިގެ ސަބަބުން ރަނގަޅު ފުރުސަތެއް ގެއްލިގެން ދިޔަނުދިނުމަށްޓަކައި، ނިންމީ ވަގުތުން ދިއްލީއަށް ދަތުރުކޮށް އެކަން ރަނގަޅުކުރާށެވެ. އެކަން ރަނގަޅުކުރުމުން ވަޒީފާ ލިބޭނެކަމުގެ ޔަޤީންކަން އަރުނިމާގެ ހިތުގައި އޮތެވެ. އޭނާގެ މުޅި ދިރިއުޅުމަކީ ވެސް ވަރަށް އުނދަގޫ ދިރިއުޅުމެކެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ވަރަށް އުނދަގޫ ހާލުގައި އުޅުނެވެ. ނަމަވެސް އޭނާގެ އާއިލާ އަބަދުވެސް އޭނާއާއެކު ވިއެވެ.
ދިރިއުޅުން އަބަދަށް ބަދަލުކޮށްލި ނުރައްކާތެރި ހާދިސާ
ކޮންމެމީހެއްގެ ދިރިއުޅުން ކުރިއާލާ ލިޔެވިފައި ވެއެވެ. ކޮންމެމީހަކުވެސް ހަމައެކަނި އެމީހެއްގެ ދައުރު އަދާކުރަނީއެވެ. އަދި ޤަދަރު ގެ ސްކްރިޕްޓުން އެއްވެސް މީހަކު އެއްކިބާ ނުވާކަން ކަށަވަރުކުރުމަށް ސިއްރު ގޮތްގޮތުނދިރިއުޅުމަށް ނުފޫޒު ފޯރުވެއެވެ. ސީ.އައި.އެސް.އެފްގެ އިންޓަވިއު ކޯލް ލެޓަރގައި އުފަން ތާރީޚު ގޯސްކޮށް އޮތުމުގެ ސަބަބުން ދިރިއުޅުން އަބަދަށް ބަދަލުކޮށްލި ރޭލު ދަތުރު ކުރަން ޖެހުނެވެ.
އެ ހާދިސާއާ ދޭތެރޭ ވިސްނާލާއިރު އަދިވެސް އޭނާ ބިރުގަނެއެވެ. 2011 އޭޕްރީލް 11 ވަނަ ދުވަހުގެ ރޭ، ލަކްނައުއިން ދިއްލީއަށް ޕަދްމާވަތް އެކްސްޕްރެސްގައި ދަތުރުކުރަމުންދަނިކޮށް، ރަށުތެރޭގެ ވައްކަންކުރާ ބަޔަކު ހަމަލާދިނެވެ. އެމީހުން އަރުނިމާގެ މަންމަ ދީފައިވާ ރަން ފަށް އަތުލަން މަސައްކަތްކުރިއެވެ.
އެކަނި ދަތުރުކުރާ އަންހެނަކަށް ވީތީ ފަސޭހައިން ޝިކާރައަކަށް ވެދާނެ މީހެއްކަމަށް އެމީހުން ދެކުނެވެ. ފަށް ދޭން އިންކާރުކުރުމުން، އެމީހުން އޭނާއާ ދިމާލަށް އައިސް ހަމަލާދޭން ފެށިއެވެ. އަރުނިމާ ވީހާވެސް ބާރަކުން އެމީހުންނާ ދެކޮޅަށް ހަމަލާދީ، ފައިން ޖަހައި، ވަރަށް ބޮޑަށް ދިފާޢުވާން މަސައްކަތްކުރިއެވެ.
އެތްލެޓިކް ހަށިގަނޑާއި ދުޅަހެޔޮކަމުގެ ސަބަބުން، އެމީހުންނާ ދެކޮޅަށް ވަރަށް ބޮޑަށް ކުރިމަތިލެވުނެވެ. ކުޑަ ވަގުތުކޮޅަކަށް އޭނާގެ ގައި މައްޗަށް އަރައިގަތްހެން ވެސް ހީވިއެވެ. ނަމަވެސް، އެކަނި އުޅޭ އަންހެނެއްގެ ހައިސިއްޔަތުން، ގިނަ ވަގުތު އެމީހުންނާ ދެކޮޅެއް ނުހެދުނެވެ. އަދި ފަހުން އެމީހުން ބާރުގަދަވެގަތެވެ. ރޭލު ފުރިފައި މީހުން އޮތް ނަމަވެސް، ވައްކަމާއި ހަމަލާގެ ޝިކާރައަކަށްވެފައިވާ އަންހެނެއް ސަލާމަތްކުރަން އެއްވެސް މީހަކު ކުރިމަތި ނުލިއެވެ.
އެ އިންސާނިއްޔަތުކަން ކުޑަ މީހުން ދުއްވަމުންދިޔަ ރޭލުން ބޭރަށް އަރުނިމާ އެއްލާލިއެވެ. އެހެން ރޭލަކާ ޖެހި، އަނެއްކާ އިދިކޮޅު ރޭލު މަގަށް އެއްލާލެވުނެވެ. އޭގެ ފަހުން ހިނގި ކަންތައްތައް ވަރަށް އަވަހަށް ހިނގައިދިޔައެވެ. ވައަތު ފައި ރޭލު ދާމަގުން ނެގުމުގެ ކުރިން، އަނެއް މަގުން އައި ރޭލު އޭނާގެ ދެފައިގެ މައްޗަށް އެރިއެވެ.
ހާދިސާ ހިނގުމަށްފަހު ރޭލްވޭ މަގުމަތީގައި އޮތް ރޭ އެންމެ ބޮޑަށް ހަނދާންވަނީ ކަންކަން
މުޅި ތަޖުރިބާއަކީ ވަރަށް ބިރުވެރި ތަޖުރިބާއެކެވެ.ފަހުން އަރުނިމާއަށް އެނގުނީ އޭނާ އެތާ އަނިޔާވެ، ލޭއޮހޮރެމުން އޮއްވާ 49 ރޭލު ފަސްވެގެން ދިޔަކަމެވެ. މީދާތައް އައިސް އޭނާގެ ހުޅުވިފައިވާ ފާރުތަކުން ކައިއުޅެ، ރޭލު އަންނަ އިރަށް ދުވެފައި ފިލައެވެ. އޭނާ ވޭނުގައި އެހީއަށް ގޮވަމުން ދިޔައީ އެންމެ ފަހުން ހޭނެތެންދެންނެވެ. މިހާރު ވިސްނާލާއިރު، އެހާ ގިނައިރު ހިފެހެއްޓުނީ ކިހިނެއްބާއޭ ހިތަށްއަރާކަމަށް އަރުނިމާ ބުނެއެވެ.
"އެ ރޭ ދިރި ހުންނާނެ ކަމަކަށް ހިޔެއް ނުކުރަން. އެކަމަކު ހެނދުނުވުމާއެކު އައު އުންމީދެއް އަހަރެންގެ ހިތަށް ވަތް" - އަރުނިމާ ސިންހާ
ހޮސްޕިޓަލަށް ދެވުނު ގޮތާއި ފުރަތަމަ ލިބުނު ފަރުވާގެ ތަޖުރިބާތައް
އަނެއް ދުވަހު ހެނދުނު ކުދިން ފާޚާނާކުރަން އައިސް އަރުނިމާގެ އަނިޔާވެފައިވާ ހަށިގަނޑު ފެނުނެވެ. ޕިންޓު ކާންޝްޔަޕް ކިޔާމީހަކު އޭނާ ބަރެއިލީ ޑިސްޓްރިކްޓް ހޮސްޕިޓަލަށް ގެންދިޔަ އެވެ.ނަމަވެސް ސަރުކާރުގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެތައް ހުރަހެއްގެ ސަބަބުން ހޮސްޕިޓަލަށް ގެންދެވުނީގަޑިއިރުތަކެއް ވަންދެން ޕްލެޓްފޯމުގައި ބޭއްވުމަށްފަހުއެވެ.
އަރުނިމާ ސިންހާ ހޮސްޕިޓަލަށް ގެންދަނީ
ކަކުލުން ތިރީކޮޅު ވަގުތުން ބުރިކޮށްލަން ޖެހުނެވެ. އެހިސާބުން އަރުނިމާއަށް އެނގުނީ ހޮސްޕިޓަލުގައި އެނެސްތީސިއާ ހުސްވެފައިވާކަމެވެ. އެހެން ގޮތެއް ނެތުމުން، އޭނާ އެމީހުން ގާތު ބުނީ އެކަން ކުރިއަށް ގެންދިއުމަށެވެ. ފައި ބުރިކޮށްލީ އަރުނިމާ ފުރިހަމައަށް ހޭގައި ހުއްޓައެވެ. ހޮސްޕިޓަލުގެ މުވައްޒަފުންނަށް ތަކެތި މަދުވުމުގެ ސަބަބުން ވަރަށް ދަތިވިއެވެ. އެކަމަކު އޭނާގެ ވޭން ކުޑަކޮށްދިނުމަށް އެމީހުންނަށް ކުރެވުނު ހުރިހާ ކަމެއް ކުރިއެވެ. ފާމަސިސްޓް ބީ.ސީ. ޔާދަވް އޭނާގެ އަމިއްލަ ލޭ ހަދިޔާކުރިއެވެ.އެއީ ކޮންކަހަލަ ހޮސްޕިޓަލެއްކަމާއި ތަނެއްކަން އެނގޭނެ ގޮތަށް މިވާހަކަ ދަންނަވާލަން ޖެހޭ. ފައި ބުރިކޮށްލުމަށްފަހު، އޮޕަރޭޝަން ތިއޭޓަރުގައި އޮއްވާ، މަގުމަތީ ކުއްތާއެއް އެ ކޮޓަރިއަށް ވަދެ، ހަށިގަނޑުން ވަކިކޮށްލި ފައި ކާންފެށިއެވެ. އޭނާގެ ކަނާތު ފައިވެސް އެ ހާދިސާއިން ސަލާމަތެއް ނުވިއެވެ. ކަނާތު ފައިގެ ކަކުލާއި ތަނބިކަށްޓާ ދެމެދު ދަގަނޑެއް ލެވުނެވެ.
ހާދިސާއިން ވަރަށް ބޮޑު ހަލަބޮލިކަމެއް އުފެދި، މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު
އަރުނިމާ ފުރާނައަށްޓަކައި މަސައްކަތްކުރަމުންދިޔައިރު، އޭނާއަށް ނޭނގި، ބޭރުތެރޭ އޭނާ ވެފައި ހުރީ މީޑިއާގެ ސަމާލުކަން ލިބިފައިވާ މީހަކަށެވެ. ނޫސްތަކާއި ޓީވީ ޗެނަލްތަކުން އޭނާގެ ވާހަކަ ނަގައި، އެކަމުގެ ހިތާމަވެރި ތަފްސީލުތައް ރިޕޯޓުކުރިއެވެ. އެއްވެސް ސަބަބަކާ ނުލައި އެކަނި ދަތުރުކުރަމުންދިޔަ ޒުވާން އަންހެން ކުއްޖަކު ރޭލުން އެއްލާލެވުނުކަމީ ވަރަށް ބޮޑު ކަމެއް. ޔޫ.ޕީ އާއި ގައުމީ ސަރުކާރުވެސް މިކަމުގައި ބައިވެރިވިއެވެ. އަޖައި މާކެން، އޭރުގެ ކުޅިވަރު ވަޒީރު، އޭ.އައި.އައި.އެމް.އެސް އަށް ބަދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސިއެވެ. އެތަނުން އަހަރެންނަށް ދުނިޔޭގެ ފެންވަރުގެ ފަރުވާ ލިބޭނެކަމުގެ ޔަޤީންކަން ދެވުނެވެ. އޭނާގެ ކަންބޮޑުވެފައިވާ އާއިލާއަށް މިއީ ވަގުތީ ހިތްހަމަޖެހުމެއް ލިބުނު ކަމެކެވެ. އެކަމަކު އޭރު ނޭނގުނުކަމަކީ އެންމެ ގޯސް ކަންތައްތައް އަދި ކުރިމަތިވާން އޮތްކަމެވެ.
ދިމާވި ކަންތައްތަކުގެ އިތުރުން ބައެއް ތުހުމަތުތަކާވެސް ކުރިމަތިލާން ޖެހުނު
ފުރަތަމަ އަރުނިމާގެ ވާހަކަ ސްޓޭޓް އަދި ނޭޝަނަލް ސަރުކާރުތަކުން ބޭނުންކުރަމުން ދިޔައީ އޭގެ ސަބަބުން ލިބިދާނެ ހަމްދަރުދީގެ ވޯޓުތަކަށްޓަކައެވެ. ދެން އެކަން ނުބައި ދިމާލަކަށް ބަދަލުވެގެން ދިޔައެވެ. އެވާހަކަ ގައުމީ ސަމާލުކަން ލިބުމުން، ސުވާލުތައް އުފެދެން ފެށީ ހާދިސާއަށް ޒިންމާވާންޖެހެނީ ކާކުތޯ އަދި ކޮން ބަޔަކު ޖަވާބުދާރީ ކުރުވަންޖެހޭތޯއެވެ.
"ފުރަތަމަ ވާހަކަތައް ފެތުރެން ފެށީ އަހަރެން ޓިކެޓް ނެތި ދަތުރުކުރަނިކޮށް ޓިކެޓް ޗެކަރަށް ފެނިދާނެތީ ދުއްވައިގަތް ކަމަށް. ސީ.ސީ.ޓީ.ވީ ފުޓޭޖަކުން ދެއްކީ އަހަރެން ޓިކެޓް ގަތުމަށް ކިއުގައި ހުރި ތަން. މި ތިއަރީ ދޮގުވުމާއެކު، އަހަރެން އަމިއްލައަށް މަރުވާން އުޅުނު ކަމަށް ބުނާ ވާހަކަތައް ފެތުރެން ފެށި." - އަރުނިމާ ސިންހާ
ފަހުން ފަރުވާ ހޯދުމަށް ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އޭއައިއައިއެމްއެސް) އަށް ބަދަލުކުރެވުނު. އެތަނުގައި ފަރުވާ ކުރިއަށްދިޔަގޮތް
2011 އޭޕްރިލް 18 ވަނަ ދުވަހު އިތުރު ފަރުވާ ހޯދުމަށް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް ގެންދެވުނެވެ އެތަނުގައި ހޭދަކުރީ 4 މަސްދުވަހެވެ. ދިއްލީގައި ހުންނަ އަމިއްލަ ކުންފުންޏަކުން ހިލޭ ޕްރޮސްތެޓިކް ފައެއް ދިނެވެ. އެހިސާބުން ފެށިގެން ޕްރޮސްތެޓިކް ފައިގެ ދަތުރު ފެށުނެވެ.
ފަސޭހަވުމުގައި ފިޒިއޯތެރަޕީގެ ދައުރު
ފަސޭހަވުމުގައި ފިޒިއޯތެރަޕީ ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ.އޭގެ ސަބަބުން އޭނާއަށް ފުރިހަމައަށް ހަރަކާތްތެރިވެވި، އަމިއްލައަށް މިނިވަންކަމާއެކު ކަންކަން ކުރެވޭ ހާލަތަށް އާދެވުނެވެ. ފިޒިއޯތެރަޕީގައި ވަރަށް ބޮޑު ބާރެއް ހުރިކަމަށާއި އަދި އޭގެ ފައިދާ ވަރަށް ބޮޑަށް ލިބުނުކަމަށް އަރުނިމާ ހާމަކުރިއެވެ.
އެވަރެސްޓް ފަރުބަދައަށް އަރަން ނިންމި ގޮތް
މިހާރު އޭނާއަކީ ފައެއް ނެތް މީހެކެވެ. މީހުން އޭނާއަށް ބަލަނީ ހިތާމައިގެ ނަޒަރަކުންނެވެ. ތެދުތެދަށް ބުނަންޏާ، އަމިއްލައަށް މަރުވާން މަސައްކަތް ނުކުރާކަން މީހުންނަށް ކިޔައިދީދީ ހުރީ ވަރުބަލިވެފައެވެ. މީހުންނަށް އެކަން ޤަބޫލުކޮށްދޭން ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އެކަން ކާމިޔާބެއް ނުވިއެވެ.
"އަހަރެންގެ ގެއްލިފައިވާ ފަޔަށް ބަލާ ކޮންމެ ފަހަރަކު، ހިތަށް އަރަނީ މިއީ އަހަރެންގެ ބަލިކަށިކަމަކަށް ހެދިޔަކަ ނުދޭނަމޭ. ޅަ އުމުރެއްގައި ހަށިގަނޑުގެ ބައެއް ގެއްލުމަކީ ވަރަށް ބޮޑު ކަމެއް. އަހަރެން ބިރުގަތީ އަހަރެންގެ ނުކުޅެދުންތެރިކަމާއި އަހަރެންނާމެދު ފާޑުކިޔާ މީހުންނާ ދޭތެރޭ. ދެން އަހަރެން ނިންމީ، އެމީހުންނަށް ޖަވާބު ދޭނީ ބަހަކުން ނޫން، ޢަމަލުންނޭ." - އަރުނިމާ ސިންހާ
އަރުނިމާ އޮތީ ހޮސްޕިޓަލުގެ އެނދެއްގައި. ނޫހެއް ކިޔަމުން ދަނިކޮށް ކިޔުނު ލިޔުމެއްގައި އެވަރެސްޓާ ބެހޭގޮތުން ބަޔާންކޮށްފައި އޮތެވެ. އޭގައި ބުނެފައި އޮތީ އެވަރެސްޓާ ގުޅޭ 15 މަގު ހުރިކަމަށެވެ. އޭގެ ތެރެއިން 14 މަގަކަށް މައުންޓެނިއަރުން ގޮސްފައިވާ ކަމަށާއި އެއް މަގު އަދި ނުދެވި އޮތް ކަމަށެވެ. އޭނާގެ ބޭބެ (ދައްތަގެ ފިރިމީހާ) އިނީ އޭނާގެ ކައިރީގައެވެ. ބޭބެ ބުނެދިނީ މި 15 ވަނަ މަގުގެ ވާހަކައާއި އެ މަގުން ދިއުމުގެ އުންމީދުގެ ވާހަކައެވެ. ގައިގައި ހިތްވަރު ހުރިނަމަ، ހަމަ ޔަޤީނުންވެސް އެކަން ކުރެވޭނޭ ބޭބެ ހިތްވަރުދިނެވެ.
"ރެކޯޑުތައް ބެލުމަށްފަހު، އަހަރެންގެ ބޭބެ ބުނީ ދުނިޔޭގައި އެއްވެސް މީހަކު ޕްރޮސްތެޓިކް ފަޔަކާއެކު އެވަރެސްޓަށް އަރާފައެއް ނުވާ ކަމަށް. މި ބަސްތައް އެކަނި ވެސް އަހަރެންގެ ހިތުގައި އަލިފާނެއް ރޯކުރަންފުދުނު ،އަހަރެން ވިސްނާލީ އަހަރެންނަށް ކުރެވިދާނެ އެންމެ އުނދަގޫ ކަމަކީ ކޮބައިތޯ. އަހަރެން ނިންމީ އެވަރެސްޓަށް އަރަން." - އަރުނިމާ ސިންހާ
ފަސޭހަ ކަމެއް ޚިޔާރުކުރުމުގެ ފުރުޞަތު އޮތް ނަމަވެސް މިފަދަ ހިތްވަރުގަދަ ކަމެއް ކުރަން ނިންމި ސަބަބު
ފަސޭހަ ގޮތްތަކެއް ޚިޔާރުކުރެވިދާނެ އެތައް ފުރުޞަތުތަކެއް އޮތެވެ. ނަމަވެސް އެވަރެސްޓް ފަރުބަދައަކީ އަމިއްލަ އިތުބާރު އިތުރުކުރެވޭނެ ކަމެއްގެ ގޮތުގައި އޭނާ ދެކުނެވެ. އޭނާ ބޭނުންވީ އެކަން ކުރަންށެވބަލިކަށިކަން ހަކަތައަކަށް ބަދަލުކުރިއެވެ. ކޮންމެ ކޮންމެ އަންހެން ކުއްޖަކަށް އެވަރެސްޓް ފަތަހަކޮށްގެން އަމިއްލަ ނަފްސު ސާބިތުކޮށްނުދެވޭނެއެވެ.
އެހެނަސް އަރުނިމާއަށް އެއީ ޚިޔާރެއް ނޫނެވެ. މީހުންގެ ހިތްތަކުގައި އޭނާއަކީ ހަމައެކަނި އަނިޔާ ލިބުނު މީހެއް ނުވަތަ އަމިއްލައަށް މަރުވާން އުޅުނު މީހެއްގެ ގޮތުގައި ދެކެމުން ދިޔައެވެ. އޭނާގެ އަޑު އަލުން އުފެއްދޭނެ ހަމައެކަނި ގޮތަކީ މިއީއެވެ. އަރުނިމާގެ ޕްލޭން ޑޮކްޓަރުންނަށް ކިޔައިދޭން އުޅުނު އިރު ދެ ބާވަތެއްގެ ރިއެކްޝަން ލިބުނެވެ. އެއްވެސް މީހަކާ މި ޕްލޭން ހިއްސާކުރަން އުޅެފި ނަމަ، ޓްރޯމާގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފައިވާކަމަށް ބުނެއެވެ. އާންމު ގޮތެއްގައި ގުނަވަން ބުރިވެފައިވާ މީހުންނަށް މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން އާޓިފިޝަލް ގުނަވަންތަކަށް އަހުލުވެރިވާން ޖެހެއެވެ. އޭނާ ދެ ދުވަހުން ހިނގަން ފެށިއެވެ. ސިކުނޑިއާއި ހަށިގަނޑުގެ މައްޗަށް ވަރަށް ބޮޑު ބާރެއް އޮތެވެ.
މައުންޓް އެވަރެސްޓަށް އަރުނިމާ އަރަނީ
1984 ގައި އެވަރެސްޓް ފަތަހަކުރި ފުރަތަމަ އިންޑިއާ އަންހެން ކުއްޖާ ބަޗެންދްރީ ޕާލްއާ ފުރަތަމަ ބައްދަލުވި ގޮތް
އެވަރެސްޓް ފަތަހަކުރަން ނިންމުމަށްފަހު، ތައްޔާރުވާން ފެށުމަށް އިރުޝާދު ބޭނުންވިއެވެ. ނޫސްވެރިއަކު އަތުން ބަޗެންދްރީ ޕާލްގެ ނަންބަރު ހޯދަން އެދުމުން ދެގަޑިއިރުތެރޭ އެ ނަންބަރު ހޯދައިދިނެވެ. ބަޗެންދްރީ ޕާލްއަށް ގުޅައި އަރުނިމާ އަމިއްލަ ތަޢާރަފުވިއެވެ. ހަމައެކަނި އެދުނީ އޭނާއާ ބައްދަލުކުރަންށެވެ. އޭނާ އެކަމަށް އެއްބަސްވިއެވެ. ހޮސްޕިޓަލުން ނުކުމެ، ފައިގައި ފަހާފައިވާ ތަންތަނާއެކު، ބަޗެންދްރީ ޕާލްއާ ބައްދަލުކުރަން ޖަމްޝެޑްޕޫރަށް ދަތުރުކުރިއެވެ. އޭނާ އަރުނިމާއަށް މަރުޙަބާ ކިޔައި އޭނާގެ ވާހަކަ އަޑުއެހިއެވެ. އާއިލާގެ އެންމެ ގާތް މީހުންގެ އިތުރުން، އަރުނިމާގެ މިޝަން ބަލައިނުގަތް ހަމައެކަނި މީހަކީ އޭނާއެވެ.
ފަރުބަދަ އަރާ މީހުން ހަށިގަނޑު އެ މާހައުލަށް ރައްޓެހިކުރުމަށް އެތައް އަހަރެއް ހޭދަކުރޭ. އެހާ ކުރު މުއްދަތެއްގައި އެކަން ކުރިގޮތް
ބަޗެންދްރީ ޕާލް އާ ބައްދަލުވުމަށްފަހު، ގެއަށް އެނބުރި ނުގޮސް އަރުނިމާ އެތަނުން ތަމްރީނުވާން ފެށިއެވެ. އޭގެ ފަހުން، އޭނާ ފަރުބަދަތަކުގައި ހުއްޓެވެ. އޭގެ ސަބަބަކީ ހަށިގަނޑު އެ މާހައުލަށް ރައްޓެހިކުރުމެވެ.އެވަރެސްޓަކީ ދުނިޔޭގެ އެންމެ އުސް ފަރުބަދައެވެ. މި މިޝަން ފުރިހަމަކުރުމަށް 52 ދުވަސް ނެގިއެވެ. ފަރުބަދައިގެ ޕީކަށް އަރަން ފެށުމުގެ ކުރިން، އެވަރެސްޓް ވަށައިގެންވާ ޕީކްތައް ކަވަރުކޮށްފައިވެއެވެ. މިކަން ކުރީ ހަށިގަނޑު އެ މާހައުލަށް ރައްޓެހިކުރުމަށްޓަކައެވެ.
އެވަރެސްޓް ފަރުބަދައަށް އެރުމަށް ތައްޔާރުވުމާއި ތަމްރީނުވުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ ގޮތް
އޭޝިއާގެ އެންމެ ރަނގަޅު މިބާވަތުގެ ސްކޫލްކަމަށްވާ ނެހްރޫ އިންސްޓިޓިއުޓް އޮފް މައުންޓެއިނިއަރިންގ، އުއްތަރްކާޝީން ކޯހެއް އަރުނިމާ ހެދިއެވެ. އޭގެ ފަހުން 18 މަސްދުވަހުގެ ހަރުކަށި ތަމްރީނެއް ކުރިއެވެ.
އޭނާއަށް މިދަތުރުގައި މަދުން ނަމަވެސް ނުރައްކާތެރި މަރާ ކައިރިވި ދެތިން ތަޖުރިބާ ކުރިމަތިވިއެވެ ސިކުނޑި ހުސްވެދާފަދަ، ވަރުބަލިކުރުވަނިވި، ހިތްވަރު ގެއްލުވާލާފަދަ ތަދުތަކާ ކުރިމަތިލާންޖެހުނެވެ. އޭނާގެ ބަރުދަން އުފުލަން އޭނާ އާދަވެފައެއް ނެތެވެ. އެހެންކަމުން ފުރަތަމަ އެކަން ދަސްކޮށް، ދެން ކުދި ހިލަތަކުގެ ބަރުދަން އުފުލައި އެގޮތަށް އަމިއްލަ ނަފްސު ތަމްރީނުކުރިއެވެ. އޭނައަށް އެހީތެރިކަން ލިބުނީ އެން.އައި.އެމް އިން ލިބުނު ގްރާންޓަކުންނެވެ. އޭގެ ފަހުން ޓާޓާ ސްޓީލްއިން ދީލަތި ސްޕޮންސަރޝިޕެއް ދިނެވެ. އެއީ ކުރިމަތީގައިވާ ނުކުރެވޭނެފަދަ މަސައްކަތަށް ސަމާލުކަން ދެވޭނެ ގޮތް ހެދުމަށެވެ.
އަރުނިމާ އެކްސްޕެޑިޝަން ފެށީ 1 އޭޕްރިލް 2013 ގައެވެ.އަދި އެވަރެސްޓް ފަރުބަދައިގެ ޕީކަށް އާދެވުނީ 21 މެއި 2013 ގައި - ހަމަ 52 ދުވަހުގެ ފަހުންނެވެ. ޕީކަށް ދިއުމުގެ މަގުމަތީގައި ފުރަތަމަ ކާމިޔާބީ ލިބުނީ އަނިޔާއަކާ އެކުގައެވެ. ބޭސް ކޭމްޕަށް އާދެވުނުކަމުގެ އުފަލުގައި ބެލެންސް ގެއްލި ބިމަށް ވެއްޓި، އެކަމުގެ ސަބަބުން އަނިޔާވިއެވެ. ދަތުރުގެ ގިނަ ހިސާބުތަކުގައި ފުޅާ ގެޕްތަކުގެ އަނެއް ފަރާތަށް ދިއުމަށް ތާށިތަކެއް ނެތެވެ. އެފަދަ ޙާލަތްތަކުގައި، މަޖުބޫރުވީ ގެޕްތަކުން ފުންމަންށެވެ.އެއިން އެއްވެސް ގެޕަކުން ފުންމާލުމުގައި ފެއިލްވިނަމަ، ފުރާނަ ދާނެއެވެ.
އޭނަގެ ޕްރޮސްތެޓިކް ފައިން ބައެއް މައްސަލަތައްވެސް ކުރިމަތިވިއެވެ. ބައެއް ފަހަރު ފަހާފައިވާ ތަންތަނުން ލޭ އަންނަން ފަށައެވެ. އަރަން މަސައްކަތް ކުރާއިރު، ތަނބިކައްޓާއި ފުންނާބު އަބަދުވެސް އެނބުރެމުންދެއެވެ. އެކަމުގެ ސަބަބުން ގިނަ ފަހަރު ހިފަހައްޓާފައިވާ ތަން ދޫވެއެވެ. ކަނާތު ފައި ހިފެހެއްޓިފައި ހުރީ ދަގަނޑު ދަނޑިއަކުންނެވެ. ޕްރެޝަރެއް ކުރިމަތިވުމުން އެތަނުން ވަރަށް ގަދަ އަދި ބާރު ރިހުމެއް އިޙްސާސްވެއެވެ. އޭނާގެ އެހީތެރިއާ ގާތްގަނޑަކަށް އޭނާއާއިއެކު ދާން އިންކާރުކުރިއެވެ. އޭނާ ބުނީ އަރުނިމާ ތިދަނީ އަމިއްލައަށް މަރުވާން ކަމަށެވެ.
ކޮންމެ ފަރުބަދަ އަރާ މީހަކުވެސް ޕީކަށް ދިއުމުގެ މަގުމަތީގައި ހަތަރު ކޭމްޕެއް ހުރަސްކުރަން ޖެހެއެވެ. ހަތަރުވަނަ ކޭމްޕަށް އާދެވުމުން، ޕީކަށް ދިއުމަށް 3500 ފޫޓު ހުރެއެވެ. އެ ސަރަޙައްދު މަޝްހޫރުވެފައިވަނީ މަރުގެ ސަރަޙައްދުގެ ގޮތުގައެވެ. އެއީ އެތަނުން ގެއްލިފައިވާ ފުރާނަތަކުގެ އަދަދުގެ ސަބަބުންނެވެ. އަރުނިމާއަށް ފެނުނީ ފަރުބަދަ އަރާ މީހުންގެ މަރުވެފައިވާ ހަށިތައް އެތަނުގައި އެކި ދިމަދިމާލުގައި އޮއްވާއެވެ. ބައެއް ހަށިތައް ކަށްޓަށް ވެފައި އަދި އަނެއްބައި ހަށިތައް ގަނޑުފެނުގެ ފަށަލައަކުން ނިވާވެފައި ހުއްޓެވެ. އަޅުގަނޑު ކުރިން ބައްދަލުވި ބަންގްލަދޭޝްގެ ފަރުބަދަ އަރާ މީހަކު އޭނާ ކުރިމަތީގައި އެންމެ ފަހު ނޭވާ ލިއެވެ. އަރުނިމާގެ ބަނޑުގެ އަޑީގައި އިޙްސާސްވި ފިނި ބިރުވެރިކަމަށް އަޅާ ނުލައި، ކުރިއަށް ދިޔައެވެ.
"އަމިއްލަ ނަފްސަށް ބުނިން މިހިސާބުން އަނބުރާ ދެވޭކަށް ނެތް، އަދި ޕީކަށް ނާރާ މަރުވެވޭކަށްވެސް ނެތޭ. އަހަރެމެންގެ ހަށިގަނޑު ޢަމަލުކުރަނީ އަޅުގަނޑުމެން ވިސްނާ ގޮތަކަށް، ހަރުކަށިކަމާއެކު އަހަރެން ބިރުވެރިކަން ކޮންޓްރޯލްކޮށް، ހަށިގަނޑަށް ބުނިން މަރުވުމަކީ އޮޕްޝަނެއް ނޫން ކަމަށް" - އަރުނިމާ ސިންހާ
ހަދާފައިވާ އާޓިފިޝަލް ފައިން ވަރަށް ބޮޑަށް އުނދަގޫވަމުންދާތަން ފެނުމުން، އެހީތެރިއާ އަބަދުވެސް އަރުނިމާ އެނބުރި ދިއުމަށް ލަފާދެމުން ދިޔައެވެ. އެކަމަކު، އަރުނިމާ އޭނާގެ ލަފާ ބަދަލުކުރިއެވެ. އޭނާގާތު އަރުނިމާ ބުނީ މި ފަރުބަދަ ފަތަޙަ ނުކޮށް މަރުވެވެން ނެތް ވާހަކައެވެ، އޭގެ ފަހުން، އޭނާ އެކްސްޕެޑިޝަންގެ ބާކީ އޮތް ބައިގައި އަރުނިމާއަށް ހިތްވަރުދޭން ފެށިއެވެ.
21 މެއި 2013 ގައި އެވަރެސްޓްގެ ޕީކަށް އެރުމުން ކުރެވުނު އިހުސާސް
21 މެއި އަކީ އަރުނިމާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަހެވެ. އެ ދުވަހު އަރުނިމާގެ ބަލިކަށިކަން ކާމިޔާބީގެ ބާރަކަށް ބަދަލުކޮށް، މުޅި ދުނިޔެއަށް ޖަވާބު ދިނެވެ. ޕީކުގައި ހޭދަކުރި އެ 6-7 މިނެޓުގެ އިހުސާސް އަދިވެސް ފުރިހަމައަށް ބަޔާންކުރަން ނޭގޭކަމަށް އަރުނިމާ ހާމަކުރިއެވެ. ދެއަތް މައްޗަށް ހިއްލާލާފައި ހަޅޭއްލަވާލަން ބޭނުންވިއެވެ. ދުނިޔޭގެ އެންމެ މަތީގައި ހުރިކަން އެންމެންނަށް، ޚާއްޞަކޮށް އަންހެނުންނަށް އަދި އަތްފައި ނެތް މީހަކަށް އެކަން ނުކުރެވޭނެ ކަމަށް ހީކުރި މީހުންނަށް، އަންގާލަން ބޭނުންވިއެވެ. މާސްކު ނައްޓާލާފައި ހަޅޭއްލަވާލިއެވެ. އަރުނިމާގެ ޝެރްޕާ (އެކްސްޕެޑިޝަންގެ ލޯކަލް ގައިޑު) އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.
"ގޭގައި ހުންނައިރު ޤައުމީ ދިދައާ މެދު އޮންނަ އިހުސާސް ވަރަށް ތަފާތެވެ. އެހެންނަމަވެސް އެންމެ މަތީގައި އެ އިހުސާސް މުޅިން ތަފާތެވެ. އެވަގުތު ވަރަށް ފަޚުރުވެރިވި" - އަރުނިމާ ސިންހާ
އަރުނީމާ އިންޑިއާގެ ޤައުމީ ދިދަ ޕީކުގައި ޖަހައި، އޭނާގެ އައިޑަލް ސްވާމީ ވިވެކާނަންދާގެ ފޮޓޯތަކެއް އޭގެ ކައިރީގައި ބެހެއްޓިއެވެ. އަދި ހަށިގަނޑުގައި ބާކީ ހުރި އޮކްސިޖަން ބޭނުންކޮށްގެން ޕީކުގައި ފޮޓޯތަކާއި ވީޑިއޯތައް ނެގިއެވެ. އަރުނިމާއަށް އެނގުނީ ފަހަރެއްގައި އޭނާ މަރުވެދާނެކަމެވެ. އެހެންވެ އަރުނިމާގެ ކާމިޔާބީގެ ފެންނަ ހެކިތައް ދުނިޔެއަށް ފޯރުކޮށްދިނުން މުހިންމުވިއެވެ. 50 ފިޔަވަޅު ފަހުން، އަރުނިމާގެ އޮކްސިޖަން ހުސްވެއްޖެއެވެ.
އަރުނިމާ ސިންހާ މައުންޓް އެވަރެސްޓްގެ އެންމެ މަތީގައި އިންޑިއާގެ ދިދަ ހިފައިގެން
އީމާންކަމުގެ އަޖައިބުތަކާއި، ޤިސްމަތާއި، ނަސީބާ މެދު އަރުނިމާގެ ކެތްތެރިކަން ކުޑައެވެ. ކާމިޔާބުވުމުގެ ޢަޒުމާއި ހިތްވަރު ހުރި މީހުންނަށް ނަސީބު ފަހިވާނެކަމީ އެންމެ ވަރުގަދަ ޔަޤީންކަމެވެ. އަރުނިމާއަށް ނޭވާ ނުލެވި، ނޭވާލާން އުނދަގޫވަމުންދަނިކޮށް، ކުއްލިއަކަށް އިތުރު އޮކްސިޖަން ސިލިންޑަރެއް ފެނުނެވެ. އަރުނިމާގެ ޝެރްޕާ އަވަހަށް އެ ހަރުކޮށް ލަސްލަހުން ނުރައްކާތެރި ތިރިއަށް ފޭބުމުގެ ދަތުރު ފެށިއެވެ. އެވަރެސްޓްގެ މައްޗަށްއަރާ ދަތުރަށްވުރެ ތިރިއަށް ފައިބާ ދަތުރުގައި މާގިނަ މަރުތައް ހިނގައެވެ.
"މީހުން އަހަރެންނަށް "މޮޔަ" މީހެކޭ ކިޔާއިރު، ހޮސްޕިޓަލް އެނދުގައި އޮވެ އެވަރެސްޓް ފަރުބަދައަށް އަރަން ރޭވިއިރު، އަހަރެން ހިތާމަކުރިން. އެކަމަކު މިހާރު އަހަރެންގެ ލަނޑުދަނޑިތަކާ މެދު މީހުން "މޮޔަ" އޭ ބުނާއިރު އަހަރެން އުފާވޭ. މިހާރު އަހަރެންނަށް އެނގޭ، މީހުން ކަލޭގެ ލަނޑުދަނޑިއާ މެދު "މޮޔަ" އޭ ބުނާނަމަ، އެއީ ކަލޭގެ ލަނޑުދަނޑި ވަރަށް ކައިރިވެފައިވާކަމުގެ ނިޝާނެއްކަން." - އަރުނިމާ ސިންހާ
ދުނިޔޭގެ ކޮންމެ ބައްރަކުން އެންމެ އުސް ފަރުބަދަ ފަތަޙަކުރުމުގެ ޚިޔާލު އައިގޮތް
އަރުނިމާގެ ހުވަފެނަކީ ދުނިޔޭގެ ކޮންމެ ބައްރަކުން އެންމެ އުސް ފަރުބަދަތަކަށް އެރުމެވެ. މިހާތަނަށް އޭނާ ވަނީ 6 ފަރުބަދައަކަށް އަރާފައި - އޭޝިއާގެ އެވަރެސްޓް (މެއި 2013)، އެފްރިކާގެ ކިލިމަންޖާރޯ (މެއި 2014)، ޔޫރަޕްގެ އެލްބްރަސް (ޖުލައި 2014)، އޮސްޓްރޭލިއާގެ ކޮޒިއަސްކޯ (އޭޕްރިލް 2015)، ދެކުނު އެމެރިކާގެ އެކޮންކާގުއާ (ޑިސެމްބަރ 2015)، އަދި އިންޑޮނޭޝިއާގެ ކާސް ކާސްޓެންޒް (ޖުލައި 2016) ގައިވަނީ އަރާފައެވެ.
"އަހަރެން މިކާމިޔާބީތައް ހާސިލްކުރަނީ "އުއްމީދު ގެއްލިފައިވާ މީހުންނަށް" ހިތްވަރު ދިނުމަށް، އެމީހުން ހިތްވަރު ދޫނުކޮށް އެމީހުންގެ ހުވަފެންތައް ހާސިލުކުރުމަށް. ހަތް ފަރުބަދަ ފަތަޙަކޮށްގެން އަހަރެން ސާބިތުކޮށްދޭނަން ޖިސްމާނީ ނުކުޅެދުންތެރިކަމަކީ ހިތްވަރާއި، ވަރުގަދަ އިރާދައާއި، ވަރުގަދަ އަޒުމެއް އޮތްނަމަ، ދިރިއުޅުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރަހެއް ނޫންކަން." - އަރުނިމާ ސިންހާ
ފަރުބަދަ އެރުމުން ލިބުނު ދިރިއުޅުމުގެ ބައެއް ފިލާވަޅުތައް
މިކަމުން އަރުނިމާއަށް ދަސްވީ އިތުބާރު، ލީޑަރޝިޕް، ކެތްތެރިކަން، ޓީމް ބިލްޑިންގ އަދި ހިތްވަރުގެ މުހިންމުކަމެވެ. އެކަމަކު އެންމެ މުހިންމު ގޮތެއްގައި އޭގެން ދަސްވީ ތަވާޟުޢުވެރިކަމުގެ ބާރެވެ. ދިރިއުޅުމުގައި ހާސިލުކުރާ ކަންތައްތަކެއް މުހިންމެއް ނޫން ކަމަށާއި. މުހިންމީ އެ ކާމިޔާބީތަކުނރަނގަޅު މީހަކަށް ވުންކަމުގައި އަރުނިމާ ދެކެއެވެ.
އެހީތެރިކަން ލިބުނީ ކޮން ބައެއްގެ ފަރާތުން؟
" ސިންސްވާމީ ވިވެކާނަންދާގެ ބަސްކޮޅު "ތެދުވޭ، ހޭލޭ، އަދި ލަނޑުދަނޑި ހާސިލުނުވަނީސް ނުހުއްޓޭ" އިން އަހަރެންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ވަރަށް ބޮޑު އިލްހާމެއް ލިބުނު.އޭނާގެ އުގަންނައިދިނުމަށް ޝުކުރުވެރިވުމުގެ ގޮތުން، އަހަރެން ފަތަޙަކުރާ ފަރުބަދަތަކުގެ ޕީކްތަކުގައި އޭނާގެ ފޮޓޯއެއް ބަހައްޓަން. އެ ހިތާމަވެރި ހާދިސާއަށްފަހު އަހަރެންނަށް ދިރިއުޅުމުގެ މަޤްޞަދެއް ލިބި، އުއްމީދު ނުގެއްލުނީ ސްވާމީ ވިވެކާނަންދާގެ އަސަރުން. އޭނާގެ އުގަންނައިދިނުންތަކާއި ފިލާވަޅުތަކަށް އަހަރެން ޝުކުރުވެރިވަން. އަހަރެންނަށް އޭނާއަކީ އުސްތާޛެއް، އިލްހާމާއި ހިތްވަރުގެ މަސްދަރެއް. މަރުވަންދެން އަހަރެން އޭނާއަށް ވަފާތެރިވާނަން. އޭނާގެ ޚިޔާލުތަކުން އަހަރެންނަށް ވަރަށް ބޮޑު އަސަރެއްކޮށް، އަހަރެންގެ އަމިއްލަ ނަފްސަށް އެކަންޏެއް ނޫން، އަހަރެންނާ އެއްފަދަ މީހުންނަށްވެސް އެއްޗެއް ދަސްކޮށްދިނުމަށް ހިތްވަރު ލިބުނު. އޭނާގެ އިލްހާމުން އަހަރެންނަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޅިވަރު އެކަޑަމީއެއް ޤާއިމުކުރެވުނު. އަދި ޔުވްރާޖް ސިންގު އަދި ކެންސަރު އަދި އެހެނިހެން ފުރާނައަށް ނުރައްކާވާފަދަ ބަލިތަކުން ރަނގަޅުވެ އަނބުރާ އައިސް އެމީހުންގެ ހުނަރު ސާބިތުކޮށްދިން މަޝްހޫރު ޝަޚްޞިއްޔަތުތަކުންވެސް އަހަރެންނަށް އިލްހާމު ލިބުނު." - އަރުނިމާ ސިންހާ
އަރުނިމާގެ ލަނޑުދަނޑި ހާސިލް ވެއްޖެއެވެ. މިހާރު އޭނާ ބޭނުންވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވެ، އެމީހުންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވާށެވެ.
ޗަންދްރަޝޭކަރު އާޒާދު ވިކްލަންގް ކޭލް އެކަޑަމީ (މިނިވަންކަމަށް ޓަކައި ހަނގުރާމަކުރި ޗަންދްރަޝޭކަރު އާޒާދުގެ ނަމުގައިވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކުޅިވަރު އެކަޑަމީ) ގެ ނަމުގައި ހިލޭ ސާބަހަށް ސްކޫލެއް އަރުނިމާ މިހާރު ހިންގައެވެ. ގާތްގަނޑަކަށް 150 ފަޤީރު، ނުކުޅެދުންތެރިކަން ހުންނަ ކުދިން އެތަނުގައި ތިބެއެވެ. އަރުނިމާގެ ހުވަފެނަކީ މި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ހުވަފެންތައް ހާސިލުކުރެވޭނެ ގޮތް ހެދުމެވެ. އޭނާ ބޭނުންވަނީ އެމީހުންނަށް ތަމްރީނުދީ، ކުޅިވަރުގެ ޒަރީޢާއިން ވަރުގަދަ ބަޔަކަށް ހެދުމެވެ. އޭނާގެ ކުޅިވަރު އެކަޑަމީގެ މަޤްޞަދަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަމްރީނު ދިނުމާއި، ފުރިހަމަ އެހީތެރިކަމާއެކު އެމީހުން ބާރުވެރިކުރުވުމެވެ.