ENGLISH

13 މޭ 2026

Advertisement

އެމްޑީޕީއަކީ ނުރައްކާތެރި ވެރިކަމެއް ކުރަން ހިތުލައިގެން އުޅޭ ބައެއް: އެސްޖީ ފަތުހީ

13 މޭ 2026

|

އައިމިނަތު ޝަފާ

ްއެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން.

އިދިކޮޅު އެމްޑީޕީއަކީ އަބަދުވެސް ރާއްޖޭގައި ނުރައްކާތެރި ވެރިކަމެއް ކުރަން ހިތުލައިގެން އުޅޭ ބައެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުހީ އާދަމް ވިިދާޅުވެއްޖެ އެވެ. 

ފަތުހީ މިފަދައިން ވިދާޅުވީ "އެމްއެމްޓީވީ"ގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

"ކޯޓުގެ ހުރުމަތް ކެނޑުން" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ފަތުހީ ވިދާޅުވީ އެމްޑީޕީން ދުވަހަކުވެސް ސަރުކާރެއްގެ ސިޔާސަތަށް ފާޑު ނުކިޔާ ކަމަށެވެ. މީގެ މިސާލުތައް މާޒީން ފެނިފައިވާކަމަށް ވިދާޅުވި އެވެ. 

"ސިޔާސީ ޕްރޮޕެގެންޑާތަކުގެ ވާހަކަ ދައްކަމާތޯ. ކޮބާތޯ ސްޓީލިން ޕެރަޑައިސް ކޮން ބަޔަކު އުފެއްދި ފިލުމެއްތޯ؟ އަސޭލާގެ ވާހަކަ ކިހިނެތް އައި ހަބަރެއް. އެމްޑީޕީން އިދިކޮޅުގައި އޮންނައިރު ވެރިކަމަށް އައުމަށްޓަކައި އަބަދުވެސް އުފައްދާނެ މިކަހަލަ ވާހަކަތައް. އަދި އެމްޑީޕީ ވެރިކަމަށް އައިސް ވެސް އެމީހުން ލައްކަ ކަންތައް ކުރި ނޫންތޯ އެމީހުންގެ ފުރަތަމަ ވެރިކަމުގައި އެކި މީސްމީހުން ފްރޭމްކުރުމަށްޓަކައި ވެސް. އޭގެ ޕްލޭންތައް ހުންނާނެ. މިކަހަލަ ނުރައްކާތެރި ވެރިކަމެއް ކުރަން އުޅޭ ބައެއް އެމްޑީޕީއަކީ،". ފަތުހީ ވިދާޅުވި އެވެ. 

އެމްޑީޕީ ވެރިކަމުގައި އޮންނައިރު އަބަދުވެސް އޮންނާނީ މީހުން ފްރޭމްކުރުމާއި، ފަނޑިޔާރުން ވަގަށް ނެގުމާއި ދޮގު މައުލޫމާތު ހިމެނޭ ފިލްމުތައް އުފައްދައިގެން ރައްޔިތުންގެ ވިސްނުމާ ކުޅުންކަމަށް ފަތުހީ ވިދާޅުވި އެވެ. 

ވެރިކަން ފެށުނު ފަހުން ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރުފުޅަށް އަރައިގަނެ ދޮގު ވާހަކަތައް އައީ ފަތުރަމުން ކަމަށާއި ނަމަވެސް ރައީސް މުޢިއްޒު އެކަންކަމާ ކުރިމަތިލެއްވީ ތަފާތުގޮތަކަށް ކަމަށް ވިދާޅުވި އެވެ. 

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހުޅުވުމާއި، ދިވެހި ރައްޔިތުން ދަރަނިން ސަލާމަތް ކުރައްވައި މީގެ ކުރިންގެ ވެރިންނަށް އަތްލާން ނުކެރިފައި ހުރި އެތައް ކަމަކަށް ހައްލު ގެނެސްދެއްވަމުން އަންނަކަމަށް ފަތުހީ ވިދާޅުވި އެވެ. 

ރައީސްގެ އަބުރުފުޅަށް އަރައިގަންނަނީ މިފަދަ މަސައްކަތްޕުޅުތަކަށް ހުރަސްއެޅުމުގެ ގޮތުންކަމަށް ފަތުހި ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު