ENGLISH

13 މޭ 2026

Advertisement

"ޕްލޭއިންގ ވިތު ކޮރަލްސް" ހަރާކާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިއު ބައިވެރިވެވަޑައިގެންފި

13 މޭ 2026

|

ފާތުމަތު އަދާ

"ޕްލޭއިންގ ވިތު ކޮރަލްސް" ހަރަކާތް ނިންމުމާއި ވާޝަން 2.0 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

"ޕްލޭއިންގ ވިތު ކޮރަލްސް" ހަރާކާތް ނިންމުމުގެ ރަސްމިއްޔާތާއި، ވާޝަން 2.0 އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވާރމެންޓް އަދި ސްޕޯޓްސް އެންޑް ފިޓްނެސް އަބްދުﷲ ރާފިޢު، ބައިވެރިވެވަޑައިގެންފިއެވެ.

ވާޝަން 2.0 އަކީ ކުޅިވަރާއި ތިމާވެށި ރައްކާތެރިކުރުން އެއްކޮށްލައިގެން އަންނަން އޮތް ޖީލަށް ހިތްވަރުދިނުމަށް ހިންގާ ހަރަކާތެކެވެ.

‎މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ފުޓްބޯޅައިގެ ޒަރީއާއިން ޒުވާނުން ބައިވެރިކޮށްގެން ކަނޑުގެ ދިރުންތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި މޫސުމީ ބަދަލުތަކަށް ޒިންމާދާރުވުމަށް ވާޝަން 1.0 އަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވާފައެވެ. އަދި ފަރުތައް ހިމާޔަތްކުރުމަކީ ދިވެހި ރާއްޖޭގެ މުސްތަގުބަލާއި، ކުރިއެރުމާއި، އަދި ދިރިއުޅުމުގެ ވައްޓަފާޅި ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

‎މީގެ އިތުރުން ވަޒީރު ވިދާޅުވީ، ވާޝަން 2.0 އިން ދައްކުވައިދެނީ މި ހަރަކާތް އިތުރަށް ފުޅާވެ، ފުން އަސަރުތަކެއް ކުރުވައި، ކުޅިވަރާއި ތިމާވެށީގެ ތައުލީމު އެއްކޮށްލުން އިތުރަށް ވަރުގަދަވެގެންދާނެކަން ކަމަށެވެ. އަދި މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވި ހުރިހާ ބައިވެރިންނަށާއި، ކައުންސިލްތަކަށާއި، ޓްރެއިނަރުންނަށާއި، ބައިވެރިވި ޒުވާނުންނަށް މިނިސްޓަރު ތައުރީފުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު