ENGLISH

02 މޭ 2026

Advertisement

އާބާދީއާއި ތަރައްޤީ އެއްފަސް ކުރުމަކީ މުސްތަޤުބަލު އުޖާލާ ކުރަން ބޭނުންތެރިކަމެއް: ވަޒީރު މުއްތަލިބް

02 މޭ 2026

|

އައިމިނަތު ޝަފާ

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް

އާބާދީއާއި ތަރައްޤީ އެއްފަސް ކުރުމަކީ މުސްތަޤުބަލު އުޖާލާ ކުރަން ބޭނުންތެރިކަމެއްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ރ. އުނގުލާއި އެ އަތޮޅު އުނޑޫދޫގެ ރައްޔިތުން އެ އަތޮަޅު ހުޅުދުއްފާރަށް ބަދަލުކުރިތާ 31 އަހަރުވުމާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ހުޅުދުއްފާރަކީ ކުދި އާބާދީތައް އެއްފަސްވެ އެކުގައި މަސައްކަތް ކުރުމުން ޙާޞިލްކުރެވޭނެ ކުރިއެރުމާއި ތަރައްޤީ ދައްކުވައިދޭ އަލިގަދަ މިސާލެއް ކަމަށެވެ. މީގެ 31 އަހަރު ކުރިން 1995 ގައި ރ. އުނގުލު އަދި އެ އަތޮޅު އުނޑޫދޫ ޢާއިލާތައް ހުޅުދުއްފާރަށް ބަދަލުވުމުން ލިބިގެންދިޔަ ކުރިއެރުމަކީ އެ އާއިލާތަކުން ނުހަނު ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ. 

ވަޒީރު ވިދާޅުވީ އާބާދީއާއި ތަރައްޤީ އެއްފަސް ކުރުމަކީ ރާއްޖޭގެ މުސްތަޤުބަލު އުޖާލާ ކުރުމަށް ނުހަނު ބޭނުންތެރިކަމެއްކަމަށެވެ.  

ރ. އުނގުލާއި އެ އަތޮޅު އުނޑޫދޫގެ ރައްޔިތުން އެ އަތޮަޅު ހުޅުދުއްފާރަށް ބަދަލުކުރީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު އަބްދުލްޣައްޔޫމްގެ ވެރިކަމުގެ ތެރޭގަ އެވެ. 

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 55 ރަށެއްގައި 500 މީހުން ހަމަނުވާ ކަމަށް 2024 ވަނަ އަހަރުގެ ހިސާބުތަކުން ވަނީ ދައްކާފަ އެވެ.  އާބާދީ މަދު ރަށްތަކުގައި އަސާސީ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭތީ އެކަމަށް އޮތް ހައްލަކީ އާބާދީ އެއްފަސްކުރުންކަމަށް ގިނަ ބަޔަކު ދެކެ އެވެ. 

ކިޔުންތެރިންގެ ހިޔާލު