ENGLISH
27 އޭޕްރީލު 2026
އިސްލާމީ ވަޤްފު ފަންޑު ތަރައްޤީ ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
26 އޭޕްރީލު 2026
|
މިނިސްޓަރ ޝަހީމް އަރިހުގައި އިންޑޮނޭޝިޔާގެ ފޮރިން އެފެއާޒްގެ ވައިސް މިނިސްޓަރު.
އެންމެ މަޤްބޫލު
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ، އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ ދިވެހިރާއްޖެއަށް ވަޑައިގަންނަވާ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތް ކުރެއްވީތީ ޝުކުރު އަދާކުރައްވާފަ އެވެ.
މި ޒިޔާރަތުގައި، ދިވެހިރާއްޖެއާއި އިންޑޮނޭޝިޔާއަކީ ޒަމާންވީ އަޚުވަންތަ ދެ ޤައުމުކަން ފާހަގަކުރައްވާ، އިސްލާމީ ދާއިރާއިން ދެ ޤައުމުން ގުޅިގެން ކުރެވިދާނެ މުހިއްމު ކަންކަމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
މީގެ ތެރޭގައި އިސްލާމީ ވަޤްފު ފަންޑު ތަރައްޤީ ކުރެވޭނެ ގޮތްތަކާއި، އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ.