ENGLISH
26 އޭޕްރީލު 2026
ޝުޖާއު ނަޝީދަށް: ރައީސް ސޯލިހުގެ ސަރުކާރުގައި މަނިކުފާނު އިސްތިއުފާ ނުދެއްވީ ކީއްވެ؟
26 އޭޕްރީލު 2026
|
ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
އެންމެ މަޤްބޫލު
ޤައުމަށް ހެޔޮއެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނާއެކު މަސައްކަތްޕުޅު ކުރެއްވި ބޭފުޅުން މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ނުދެއްވީ ކީއްވެގެންތޯ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ސުވާލު އުފައްދަވައިފި އެވެ.
ޝުޖާއު މިފަދައިން ސުވަލު އުފެއްދެވީ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން ގައުމަށް ހެޔޮ އެދޭ ނަމަ ގޮނޑި ދޫކޮށްލަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ނަޝީދަށް ރައްދު ދެއްވައި ޝުޖާއު ވަނީ އެމްޑީޕީގެ ސަރުކާރުން ގައުމާއި ރައްޔިތުންނަށް ގެއްލުންވާނެހެން ކުރަމުން ދިޔަ އެތައް ކަމެއް ރައީސް ނަޝީދަށް ހަނދުމަފުޅުކޮށް އަރުވާފަ އެވެ.
"ރައީސް ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ ތާރީޚްގައި ނުދަރާވަރަށް ދިވެހި ދަޢުލަތް ދަރުވައި،ރާއްޖޭގެ ކަނޑުގެ ބައެއް ސިއްރު ސިޓީފުޅަކުން ދޫކޮށްލައްވައި ރާއްޖޭގެ މަގުތަކުގައި ބޮންގޮވައި ތިމާގެ އަމިއްލަ ޕާޓީ އަކީ ވަގުންގެ ނެޓްވޯކެއް ކަމަށް ވިދާޅުވެ،ޕާޓީ ދޫކުރައްވައި ނުކުމެވަޑައިގެން ޕާޓީއެއް ހައްދަވައި ސިޔާސީ މަސައްކަތްޕުޅު އެޕާޓީގެ ތެރެއިން ފައްޓަވައި މިހުރިހާ ކަމެއް ހިނގައި ދިޔަ ދުވަސްވަރު މަނިކުފާނާއެކު މަސައްކަތްޕުޅު ކުރެއްވި ހުރިހާ މެމްބަރުން ތިއްބެވީ މަޖިލީހުގައެވެ،". ޝުޖާއު ވިދާޅުވި އެވެ.
މިހުރިހާ ކަމެއް ހިނގައި ދިޔަ އިރުވެސް ރައީސް ނަޝީދާއި އެމަނިކުފާނަަސް ތާއީދު ކުރެއްވި ބޭފުޅުން ތިއްބެވީ މަޖިލީހުގައި ކަމަށް ވިދާޅުވެ ޤައުމަށް ހެޔޮއެދިވަޑައިގެން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރެއްވި ބޭފުޅުން މެމްބަރުން މަޖިލީހުގެ މެމްބަރުކަމުން އެދުވަސްވަރު އިސްތިއުފާ ނުދެއްވީ ކީއްވެތޯ ޝުޖާއު ވަނީ ސުވާލު އުފައްދަވާފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވަޑައިގަތުމުގެ މަސައްކަތް ފައްޓަވާފައިވާ ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މި ސަރުކާރު ވައްޓާލަން ޖެހޭކަމަށް ވިދާޅުވަމުން ނެވެ.
އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް ނަޝީދު އެމަގާމުން ވަކި ކުރީ އެމަނިކުފާނު ނިސްބަތްވެވަޑައިގެންނެވި ޕާޓީ-- އެމްޑީޕީން އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިގެން ނެވެ.