ENGLISH
17 އޭޕްރީލު 2026
ރާއްޖެއިން ސްވިޑަންއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ފަތްކޮޅު ސްވިޑެންގެ ރަސްގެފާނަށް އަރުވައިފި
17 އޭޕްރީލު 2026
|
ސްވިޑަންއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، އެމަނާގެ ފަތްކޮޅު ސްވިޑެންގެ ރަސްގެފާނަށް އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
އެންމެ މަޤްބޫލު
ދިވެހި ރާއްޖެއިން ކިންގްޑަމް އޮފް ސްވިޑަން އަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޢައިޝަތު ޝާން ޝާކިރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިޑަންގެ ރަސްގެފާނު، ހިޒް މެޖެސްޓީ ކިންގ ކާލް 16 ވަނަ ގުސްޓާފް އަށް މިއަދު އަރުވައިފި އެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ރަސްމީ ގަނޑުވަރުގަ އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ޝާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްވިޑަންގެ ރަސްގެފާނަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ. އަދި އެކަމަނާ ވަނީ ދިވެހިރާއްޖެ އާއި ސްވިޑަންއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައި، ދެޤައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އަރުއްވާފަ އެވެ.
ރާއްޖެއިން ސްވިޑަންއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އެމަނާގެ ފަތްކޮޅު ސްވިޑެންގެ ރަސްގެފާނަށް އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މިދަތުރުފުޅުގައި ސަފީރު ވަނީ ސްވިޑަންގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. މިބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި ސްވިޑަންއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުންވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޝާން އަރިހުގައި، ބަރލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ސައިފުﷲ ވަލީދު ބައިވެރިވެވަޑައިގެންނެވި އެވެ.
ސަފީރު ޝާން އަކީ ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ އިތުރުން، ކިންގްޑަމް އޮފް ނޯވޭ އަށާއި ރިޕަބްލިކް އޮފް ފިންލެންޑް އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރެވެ.