ENGLISH

17 އޭޕްރީލު 2026

Advertisement

ތަކަންދޫގައި ބެހެއްޓި އާ ޖެނެރޭޓަރު ސެޓުން ހިދުމަތް ދޭން ފަށައިފި

17 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ތަކަންދޫގައި އަލަށް ހިދުމަތް ދޭން ފެށި ޖެން ސެޓް-- ފޮޓޯ: ފެނަކަ

ހއ. ތަކަންދޫއަށް ދިމާވެފައިވާ ކަރަންޓް މައްސަލަ ހައްލު ކުރުމަށްޓަކައި، އެރަށަށް ގެންދިޔަ އާ ޖެނެރޭޓަރު ސެޓް އިންސްޓޯލް ކުރުމަށްފަހު، ހިދުމަތް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ތަކަންދޫގައި އިންސްޓޯލް ކުރީ 250 ކިލޯވޮޓުގެ އައު ޖެން ސެޓެކެވެ. މި ޖެން ސެޓްއާއެކު ތަކަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ފެނަކައިން ގަބޫލުކުރެ އެވެ.

ކަރަންޓު މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވަމުން އަންނަ މައްސަލައެކެވެ. މި މައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށާއި ސިޓީތަކުގައި ކަރަންޓް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

ތަކަންދޫގައި އައު ޖެންސެޓެއް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވަނީ، މިމަހުގެ 2 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު