ENGLISH
17 އޭޕްރީލު 2026
އުމްރާވެރިން ފުރަތަމަ ފަހަރަށް އައްޑޫއިން ސީދާ މައްކާއަށް
17 އޭޕްރީލު 2026
|
އުމްރާވެރިން އައްޑޫއިން ސީދާ މައްކާއަށް-- ފޮޓޯ: ޖަވިޔަނި
އެންމެ މަޤްބޫލު
ފުރަތަމަ ފަހަރަށް އައްޑޫ ސިޓީން ސީދާ މައްކާއަށް އުމްރާގެ އަޅުކަމަށް ދަތުރުތައް ބޭއްވުމަށް ނިންމައިފި އެވެ.
އުމްރާއަށް މީހުން ގެންގޮސްދޭ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ދި ޓްރެވެލާސްއިން ބުނީ، މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސައޫދީ އަރަބިއްޔާގެ ޖިއްދާއަށް ކަމަށެވެ.
ރާއްޖެއިން އުމްރާއަށް ދާން ބޭނުންވާ އެންމެން ވެސް ފުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންނެވެ. އެހެންނަމަވެސް، މިކަން ބަދަލުކޮށްލުމަށް ދި ޓްރެވެލާސްއިން މިވަނީ މަސައްކަތް ފަށާފަ އެވެ. އެގޮތުން އެ ކުންފުނިން ނިންމާފައިވަނީ، އުމްރާވެރިން ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ މައްކާގެ ޖިއްދާއަށް ދަތުރު ކުރުމަށެވެ.
މިދަރުތު ވެގެންދާނީ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ އިންޓަނޭޝަނަލް އެއާޕޯޓަކުން އުމްރާއަށް ދިއުމަށް މީހުން ފުރާ ފުރަތަމަ ފަހަރަށެވެ.
މި ދަތުރުގެ ސަބަބުން ދަތުރުކުރަންޖެހޭ މަގު ކުރުވާ ކަމަށާއި މައްކާއިން މަދީނާއަށް ދާން އޮންނަ މަގު ކައިރިވާ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެ އެވެ. މި ދަތުރުގެ ބުކިންއަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.
ރާއްޖޭއިން އުމްރާއަށްދާ މީހުން އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. މިފަދަ ދަތުރުތައް އެހެން އެއާޕޯޓްތަކުން ކުރެވޭނެ މަގުފަހިވެގެން ދިއުމަކީ، ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނެ އެވެ.
އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފާއިވާ މިދަތުރުގެ ސަބަބުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން ހުވަދު އަތޮޅުގެ ރައްޔިތުންނަށް ވެސް ދަތުރުގެ ލުއި ފަސޭހަތައް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެ އެވެ.