ENGLISH

18 އޭޕްރީލު 2026

Advertisement

އުނގޫފާރު ސުކޫލުގެ 8 ކްލާސްރޫމެއްގެ މަސައްކަތް ކުރިއަށް

16 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ރ.އުނގޫފާރު ކްލާސްރޫމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ރ. އުނގޫފާރުގެ ސްކޫލުގައި 8 ކުލާސްރޫމު އެޅުމުގެ މަސައެްކަތް ފެށިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ، މިހާރު އެ މަޝްރޫއުގެ ދަށުން ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ބީމް ރިއިންފޯސްމަންޓް އާއި ޝަޓަރިންގ މަސައްކަތްތައް ކަމަށެވެ.

ސަރުކާރުގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކުރެވިގެން ކުރިއަށްދާ މި މަޝްރޫއުގެ ދަށުން އުނގޫފާރުގައި 8 އައު ކުލާސްރޫމު އަޅާނެއެެވެ.

މި މަޝްރޫއާއެކު އެރަށު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ތަނަވަސް ކުލާސްރޫމުތަކަކާއެކު، ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކިޔަވާ ކުދިންނާއި ތައުލީމީ ދާއިރާއަށް އަމާޒުކޮށްގެން ސަރުކާރުން ގިނަ މަޝްރޫތަކެއް ކުރިއަށް ގެންދާއިރު ސްކޫލުތަކުގައި ކުލާސްރޫމު އިތުރު ކުރުމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލުތަކުގައި ހުރިހާ ކުލާހެއްގައި އޭސީ ކުރުމަށް ރައީސުމްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާއެކު މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު