ENGLISH

16 އޭޕްރީލު 2026

Advertisement

މާފަރު ޕޮލިސް ސްޓޭޝަން ރޭނުމުގެ މަސައްކަތް ނިންމާލައިފި، އިތުރު މަސައްކަތްތައް ކުރިއަށް

16 އޭޕްރީލު 2026

|

ފާތުމަތު އަދާ

ނ.މާފަރު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރަނީ/ފޮޓޯ:އެމްޓީސީސީ

ނ.މާފަރުގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރުގައި ގްރައުންޑް ސްލެބް އަދި ރޭނުމުގެ މަސައްކަތްތައް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީއިން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓުގައި ބުނީ މިހާރު ސައިޓުގައި ކުރިއަށްދަނީ ސީލިންކުރުމާއި ސިމެންތި ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ގާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު