ENGLISH

16 އޭޕްރީލު 2026

Advertisement

އަންގާރަ ދުވަހު ކިރުވި މަހަށް 2.1 މިލިއަން ރުފިޔާ ދޫކޮށްފި

16 އޭޕްރީލު 2026

|

ފާތުމަތު އަދާ

ދިވެހި މަސްދޯންޏެއް މަސްވެރިކަމުގައި

އެޕްރީލް 14 ވަނަ ދުވަހު މަސްކިރުވި ދޯނިތަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދު ޖަމާކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯއިން ބުނި ގޮތުގައި އެޕްރީލް 14 ވަނަ ދުވަހު ކިރުވި މަހަށް މިއަދު ޖަމާކޮށްފައިވަނީ 2،125،138ރ. (ދެ މިލިއަން އެއްލައްކަ ފަންސަވީސް ހާސް އެއްސަތޭކަ ތިރީސް އަށް ރުފިޔާ) އެވެ.

މިފްކޯއިން މީޑިއާއާ ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 47 ދޯންޏަކަށް 2,124,158ރ.  (ދެ މިލިއަން އެއްލައްކަ ސައުވީސް ހާސް އެއްސަތޭކަ ފަންސާސް އަށް ރުފިޔާ) ޖަމާކޮށްފައިވެއެވެ. އަދި 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 1 ދޯންޏަށް 980ރ. (ނުވަ ސަތޭކަ އަށްޑިހަ ރުފިޔާ) ޖަމާކޮށްފައިވެއެވެ. 15 ކިލޯއިން މަތީގެ ބޮޑުކަންނެލި މިތާރީޚުގައި ކިރުވާފައެއް ނުވެއެވެ.

މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިހާރު އަންނަނީ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.

ހަމައެހެންމެ، ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދު ފުއްދަވައި، މިފްކޯއަށް ބޮޑު ކަންނެލި ކިރުވޭނެ އިންތިޒާމުތައް ހަމަޖައްސަވައި ފެށްޓެވީ ވެސް އެމަނިކުފާނުގެ ސަރުކާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު