ENGLISH
17 އޭޕްރީލު 2026
އެފްއެސްއެމްގެ ތެޔޮ ވިއްކާ މަރުކަޒެއް ފ. ނިލަންދޫގައި ހުޅުވައިފި
16 އޭޕްރީލު 2026
|
ފ. ނިލަންދޫގައި ގާއިމުކުރި އެފްއެސްއެމްގެ ތެޔޮ މަރުކަޒު
އެންމެ މަޤްބޫލު
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ފ. ނިލަންދޫގައި ތެޔޮ ވިއްކާ މަރުކަޒެއް ގާއިމުކޮށް ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
އެފްއެސްއެމް އިން ވަނީ އެއީ އެ ކުންފުނިން ހޯދި މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ފަސޭހަކަމާ އެކު ތެޔޮ ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން ޖުމްލަ 18 ރަށެއްގައި ތެޔޮ ވިއްކާ މަރުކަޒުތައް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވެއެވެ.
މިހާތަނަށް ފަސް ރަށެއްގެ މަސައްކަތް އެއްކޮށް ނިންމާފައިވާއިރު، އެފްއެސްއެމްގެ ހިދުމަތް މިހާރު ދެމުން އަންނަނީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ރ. ދުވާފަރު އަދި ބ. އޭދަފުށީގައެވެ.
ސަރުކާރުގެ އަޒާމަކީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް އަތްފޯރާފަށުގައި ދިނުމެވެ. އެގޮތުން އެ އަމާޒު ހާސިލްކުރުމަށް ސަރުކާރުން އަންނަނީ އެކި ދާއިރާތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.