ENGLISH

17 އޭޕްރީލު 2026

Advertisement

އއ.ފެރިދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދަނީ

16 އޭޕްރީލު 2026

|

ފާތުމަތު އަދާ

އއ.ފެރިދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް / ފޮޓޯ: އެމްޓީސީސީ

އއ.ފެރިދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ޓައީ ބީމާ (Tie Beam) ހަމައަށް ބެކްފިލިންގގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މިވަގުތު ސައިޓުގައި ކުރިއަށް ދަނީ ތަނބުތަކުގެ ދަގަނޑު އެޅުމާއި ކޮންކްރީޓް އެޅުމަށް ބޭނުންވާ ފިލާޖެހުމުގެ (ޝަޓަރިންގ) މަސައްކަތްތަކެވެ.

އއ.ފެރިދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް / ފޮޓޯ: އެމްޓީސީސީ

އއ. ފެރިދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށަށް ވަޑައިގެންނެވެ.

2003 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުން އަންނަ މި މަރުކަޒުގެ ބައު އިމާރާތަކީ، ބަލިމީހުން ބެލުމާއި، އެޑްމިޓްކުރުމުގެ އިތުރުން އިދާރީ ހުރިހާ މަސައްކަތެއް އެއްފުރާޅެއްގެ ދަށުން ކުރަމުންދިޔަ ކުޑަ ޖާގައެކެވެ. ނަމަވެސް، ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން 2023 ވަނަ އަހަރު ވަނީ މަރުކަޒަށް އައު އިމާރާތެއް އިތުރުކޮށްފައެވެ.

ދުވާލަކު 16 ގަޑިއިރު ޚިދުމަތްދޭ މި މަރުކަޒަކީ އަހަރަކު އެވްރެޖްކޮށް 4،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާ މުހިންމު މަރުކަޒެކެވެ. 

އއ.ފެރިދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް / ފޮޓޯ: އެމްޓީސީސީ

ކިޔުންތެރިންގެ ހިޔާލު