ENGLISH

17 އޭޕްރީލު 2026

Advertisement

އިންތިޚާބުގެ ދެވަނަ ބުރަށް 6،172 ވޯޓު ކަރުދާސް ޗާޕުކޮށްފި

16 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވަނީ-- ފޮޓޯ: އަލް ޖަޒީރާ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި، 6،172 ވޯޓުކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަން އިން ބުނީ، ދެވަނަ ބުރުގެ ވޯޓު ކަރުދާސް ވެސް ޗާޕުކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ. 

ވަކި ދާއިރާތަކަށް ވޯޓު ކަރުދާސް ޗާޕުކުރި އަދަދު

  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ ކައުންސިލް އިންތިޚާބު (އަންހެނުންގެ ޚާއްސަ ގޮނޑި) : 1،324 ވޯޓު ކަރުދާސް
  • ބ. ދޮންފަނު ކައުންސިލް އިންތިޚާބު: 460 ވޯޓު ކަރުދާސް
  • ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ : 1،742 ވޯޓު ކަރުދާސް
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ: 1،069 ވޯޓު ކަރުދާސް
  • ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ: 1،577 ވޯޓު ކަރުދާސް

އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިޚާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ އިތުރުން މާލޭގަ އެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓަން އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ދެވަނަ ބުރުގައި 6،093 މީހަކު ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް އިން ހާމަކޮށްފައިވެ އެވެ. މީގެތެރެއިން ކެލާ އިންތިޚާބުގައި 1،729 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާއިރު، ނޭކުރެންދޫ އިންތިޚާބުގައި 1،056 މީހުން، ދޮންފަނު އިންތިޚާބުގައި 441 މީހުން، މާވަށު އިންތިޚާބުގައި 1،556 މީހުންނަށް އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ އިންތިޚާބުގައި 1،311 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މި ދާއިރާތަކަށް މާލޭގައި ހަ ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. މީގެ ތެރޭގައި ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަކޮށްފައިވާ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި ބަހައްޓާއިރު، ނޭކުރެންދޫ އާއި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓުފޮށި ދަރުމަވަންތަ ސްކޫލުގައި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު