ENGLISH
17 އޭޕްރީލު 2026
ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ މުރައިދޫ ކެންޑިޑޭޓުން ހޯދި ކާމިޔާބު ފާހަގަކުރުން މިރޭ
16 އޭޕްރީލު 2026
|
ހއ. މުރައިދޫ އިން އިންތިޚާބުގައި ވާދަކޮށް ކާމިޔާބު ހޯދި ޕީއެންސީގެ ކެންޑިޑޭޓުން
އެންމެ މަޤްބޫލު
ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. މުރައިދޫގެ ޕީޕަސްލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުން ހޯދާފައިވާ ތާރީޚީ ކާމިޔާބު، މިރޭ ފާހަގަކުރުމަށް ނިންމައިފި އެވެ.
މި އުފާވެރި ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 20:45 ގައި އާޓިފިޝަލް ބީޗްގައި ހުންނަ ހ. ވެޔޮވިލާގަ އެވެ. މި ހަފްލާއަކީ ހއ. މުރައިދޫ ޕީއެންސީގެ މެމްބަރުން އިންތިޒާމުކޮށްގެން ބާއްވާ ވަރަށް ޚާއްސަ ހަފްލާއެކެވެ. މުރައިދޫއަށް ލިބުނު ތާރީޚީ ކާމިޔާބުގައި ޕީއެންސީގެ މެމްބަރުންނާއި އަދި އެ ޕާޓީއަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުން ބައިވެރިވުމަށް، މުރައިދޫގެ ޕީއެންސީ ޓީމުން އެދިފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތީޙާބުގައި މުރައިދޫން ވަނީ ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދައިފަ އެވެ. އެގޮތުން ކައުންސިލްގެ ތިން ގޮނޑިވެސް ކާމިޔާބު ކޮށްފައިވަނީ މުރައިދޫގެ ޕީއެންސީގެ މެމްބަރުންނެވެ.
މުރައިދޫގެ ކައުންސިލްގެ ރައީސްކަން އަމްޖަދު މުޙައްމަދަށް ލިބުނުއިރު، މުރައިދޫ ކައުންސިލްގެ އަންހެނުންގެ ޚާއްސަކޮށްފައިވާ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ފަރުޙަތު ސަމީރު އެވެ. އަދި ކައުންސިލް މެމްބަރުގެ ގޮނޑިއަށް އިންތިޚާބުވެފައި ވަނީ މުޙައްމަދު ރާޒީ އެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސްކަން ޕިއެންސީގެ ކެންޑިޑޭޓް އާމިނަތު ފަރީޒާ ކާމިޔާބުކޮށްފައިވާއިރު، އެ ކޮމެޓީގެ މެމްބަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރި ހަރިއްޔާ އިބްރާހިމް ވަނީ އިންތިޚާބުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާތަކަށް ބަލާއިރު، ޕީއެންސީން ވަނީ ހއ. އަތޮޅުގެ ހަތް ރަށުގެ ކައުންސިލު ރައީސްގެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.