ENGLISH

16 އޭޕްރީލު 2026

Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ "އެމްޕަވަމަންޓް ހަބް" ޖުލައި މަހު ހުޅުވަނީ

16 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ "އެންޕަވަމަންޓް ހަބް" ގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެޗްޑީސީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އެ ފާރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ "އެމްޕަވަމަންޓް ހަބް" ގެ މަސައްކަތް ނިންމައި ޖުލައި މަހު ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.

މި ަހަބަކީ ރަސްމީ ތަޢުލީމު ނިންމުމަށްފަހު، މުޖުތަމަޢަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީ ކުރުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ އިތުރުން އެމީހުންނަކީ މާލީ ގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހި ކޮށްދިނުމުގެ ފުރުސަތު ހޯދައިދިނުމަށް ގާއިމް ކުރެވޭ މަރުކަޒެކެވެ.

ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް 7 ވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި ތަރައްގީ ކުރަމުން އަންނަ މިޓަވަރުގެ މަސައްކަތް ފަށާފައިވަނީ ޖެނުއަރީ މަހު އެވެ. މި މަރުކަރު ޑިޒައިން ކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެތަނުން ހިދުމަތް ހޯދުމުގައި ފަސޭހަވާނެ ގޮތްތަކަށެވެ. އެގޮތުން ފުރޮޅުލީ ގޮޑި ބޭނުންކުރާ މީހުންނާއި، ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް ޓެކްޓައިލް ޕާތުވޭ ހިމެނެ އެވެ. އަދި ފާޚާނައާއި ނަމާދު ކޮޓަރިއާއި، އޯޓިޒަމް ހުންނަ ފަރާތްތަކަށް "ސެންސަރޫ ރޫމް" އެއްވެސް މި އިމާރާތުގައި ޤާއިމުކޮށްފައިވެ އެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ބުނީ، މި މަރުކަޒުގައި ތަފާތު އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކަލިނަރީ އަދި ހޮސްޕިޓަލިޓީ ދާއިރާއާއި، ރީޓެއިލް މަސައްކަތުގެ ތަމްރީނާއި، އައިޓީ ދާއިރާގެ ތަމްރީނުތައް ހިމެނެ އެވެ. އަދި އެކި ފަންނީ ހުނަރުވެރިން ބިނާކުރުމުގެ ގޮތުން ތަފާތު ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ. މީގެ އިތުރުން ތަމްރީނުތަކުގައި ބައިވެރިން ތައްޔާރުކުރާ އުފެއްދުންތައް ދައްކާލުމަށްޓަކައި ޚާއްސަ ޖާގައަކާއި، އެ ތަކެތި ވިއްކާ ފިހާރާއެއް ތަރައްގީ ކުރުމަށް ހަމަޖެހިގައިވާ ކަމަށް ވުޒާރާއިން މައުލޫމާތު ދީފައިވެ އެވެ.

މި މަރުކަޒު ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު، އުފެއްދުންތެރި ގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވުޒާރާއިން ގަބޫލުކުރެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ގާއިމްކުރެވޭ މި ހަބަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޒަކާތު ފަންޑުން ޚަރަދުކޮށް، އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި އެފްޑީސީ ގުޅިގެން ހަދަމުންދާ މަރުކަޒެކެވެ. މި ތަނުގައި މިހާރު ކުރަމުންދަނީ، އިމާރާތް ރޭނުގެ މަސައްކަތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު