ENGLISH
17 އޭޕްރީލު 2026
ކުޅުދުއްފުށިން ގެއްލިގެން ހޯދި މީހާ މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ
15 އޭޕްރީލު 2026
|
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަނީ --
އެންމެ މަޤްބޫލު
ހދ. ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދި މީހާ މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
އެ މީހާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށީ މިއަދު މެންދުރު ދޭއް ޖަހަނިކޮށެވެ. އެ ރިޕޯޓް ފުލުހަށް ލިބުނީ މެންދުރު 1:48 އެހާކަންހާއިރު އެވެ.
ފުލުހުން ދެންމެ ބުނީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އެމީހާ ފެނިފައިވަނީ 2026 އޭޕްރީލް 15 ވަނަ ދުވަހުގެ ބޮޑަވަކިވާ ބީޗް މޫދު އަޑިންނެވެ. އެމީހާ މިހާރު ވަނީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެ މީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މަރުވެފައި އޮއްވާ ފެނުނީ އެރަށު ބަޑިދަސްގަޑުގެ ސުލައިމާން ހުސައިން އެވެ. އެއީ އުމުރުން 59 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ.