ENGLISH

17 އޭޕްރީލު 2026

Advertisement

ކުރިއަށް އޮތް ތިން ދުވަހު ވެސް ބޯކޮށް ވާރޭވެހޭނެ: މެޓް

15 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

މޫސުން ގޯސް ދުވަހެއްގައި ވާރޭ ވެހެނީ. --ފައިލް ފޮޓޯ

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓު އޮފީހުން ބުނީ، މެދުރާއްޖެތެރެ އާއި އުތުރަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނަށް ކެރީގެ އަސަރު ކުރާނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

މެޓު އޮފީހުން ބުނީ، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ހޫނު ދުވަސްވަރަކަށް ފަހު، ވާރޭވެހުނު ނަމަވެސް އިހުސާސްކުރެވޭ ފިނިހޫނުމިން ހުންނާނީ މަތީގައި ކަމަށް މެޓު އޮފީހުން ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު