ENGLISH
26 އޭޕްރީލު 2026
މިއީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ދުވަސްވަރު، އުސޫލާ ޚިލާފަށް ބިލަށް އުނި އިތުރެއް ނުގެންނަން: ފެނަކަ
26 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
މިދުވަސްވަރަކީ ހޫނު ދުވަސްވަރަކަށް ވުމާއެކު މިއީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ދުވަސްވަރު ކަމަށާއި، އުސޫލާ ޚިލާފަށް ބިލަށް އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ނިމިދިޔަ މާރިޗު މަހުގެ ބިލްތައް ބޮޑުވެ އާންމުންގެ ކަންބޮޑުވުން އޮތް މި ދަނޑިވަޅުގައި ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާރިޗު މަހުގެ ރީޑިން ނެގުމުގައާއި ކަރަންޓު ބިލު ތައްޔާރު ކުރުމުގައި އެ ކުންފުނިން އަމަލު ކޮށްފައިވާނީ އެހެން މަސްމަހުގައިވެސް އަމަލު ކުރަމުންދާ އުސޫލުން ކަމަށެވެ.
އެ ކުންފުނިން އަމަލުކުރަމުންދާ އުސޫލަކީ، ޤާނޫނާއި ގަވައިދުތަކުން ކަނޑައެޅި އާންމު ކުރެވިފައިވާ އުސޫލު ކަމަށާއި އެ އުސޫލާއި ޚިލާފަށް އެ ކުންފުނިން ޚިދުމަތް ދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް، ބިލަށް އުނި އިތުރުކަމެއް ގެނެސްފައި ނުވާނެކަމުގެ ޔަގީންކަން އެބަޔާނުގައި ދީފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފެނަކައިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވާނަމަ އެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.
ކޮންމެ އަހަރަކުވެސް މާރިޗު، އޭޕްރިލް އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ އެނެމް ހޫނުގަދަ ދުވަސްވަރަކަށް ވެފައި، ކަރަންޓު ބޭނުން ކުރެވޭ ދުވަސްވަރުކަމުން ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް ވެސް ފެނަކައިން އިލްތިމާސްކޮށްފައިިވެއެވެ.
މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމާއެކު، ހޫނަށް ސަމާލުވުމަށް އިދާރާތަކުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.