ENGLISH

24 ޖެނުއަރީ 2026

Advertisement

ކޮންގްރެސް ޕާޓީގެ މާލޭ ސަރަހައްދުގެ "ދޮރުންދޮރަށް ހިނގުން" ރަސްމީކޮށް ފަށައިފި

22 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ކޮންގްރެސް ޕާޓީގެ ދޮރުންދޮރަށް ހަކަރާތް ރަސްމީކޮށް ފެށުން.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ "ދޮރުންދޮރަށް" ހިނގުމުގެ ހަރަކާތް މިއަދު ރަސްމީކޮަށް ފަށައިފި އެވެ. 

އެ ހަރަކާތް ރަސްމީކޮށް ފެށީ މިއަދު ކޮންގްރެސް ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ޕާޓީގެ އިސް ބޭފުޅުންގެ އިތުރުން ކެންޑިޑޭޓުން ބައިވެރިވަޑައިގެންނެވިއެވެ. 

ކޮންގްރެސް ޕާޓީން އަންނަނީ ކައުންސިލް އިންތިޚާބަށް ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން، ކައުންސިލް އިންތިޚާބާ ދިމާކޮށް މާލޭގައި ހުންނަ ކޮންގްރެސް ޕާޓީގެ ރަސްމީ އޮފީސް ވަނީ ހުޅުވައިފަ އެވެ. ހަތަރު ފަންގިފިލާ އަށް ހަދާފައިވާ އެ އޮފީސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. 

ކޮންގްރެސް ޕާޓީން މިހާރު ވަނީ ވިލިމާލޭގެ ކެމްޕޭން އޮފީހާއި ހުޅުމާލޭގެ ކެމްޕޭން އޮފީސް ވެސް ހުޅުވައި ރަސްމީކޮށް ކެމްޕޭނުގެ މަސައްކަތް ފަށައިފައެވެ. 

މިއަދުގެ ހަރަކާތް ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިންތިޚާބުގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހު ވަނީ މި ހަރަކާތް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް އިލްތިމާސްކުރައްވައިފައެވެ. 

ފަލާހް ވިދާޅުވީ ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމަކޮށް ރާއްޖޭގައި ތަންފީޒުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. އަދި، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރައްވާ ހަމައެކަނި ރައީސްއަކީ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ފަލާހު ވިދާޅުވެފައިވެއެވެ. 

ފަލާހް އިތުރަށް ވިދާޅުވީ، ދޮރުންދޮރަށް ހަރަކާތުގައި ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކެންޑިޑޭޓުން މަސައްކަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި، ރައްޔިތުންގެ ހުށަހެޅުންތައް ރައީސުލްޖުމްހޫރިއްޔާ ހައްލުކޮށްދެއްވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު