ENGLISH
22 ޖެނުއަރީ 2026
"ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
21 ޖެނުއަރީ 2026
|
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހާ ގުޅުވައިގެން ދޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މި އެވޯޑަކީ، ކޮންމެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމުގައިވާ މެއި މަހުގެ 31 ވަނަ ދުވަހުގެ މުނާސަބަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދެމުން އަންނަ އެވޯޑެކެވެ.
މި އިނާމު ދެމުން އަންނަނީ، ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގުސަދުގަ އެވެ.
މި އިނާމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ކުރިން ދީފައި އޮތް ސުންގަޑިއަކީ އާއްމުކޮށްފައިވާ އިޢުލާނު ނަންބަރު: (IUL452/452/2026/2) ގައިވާ ގޮތުން މި ޖަނަވަރީ މަހުގެ 16 އެވެ. ނަމަވެސް މިހާރު މި މުއްދަތު ވަނީ ފެބުރުއަރީ 13، 2026 އަށް އިތުރުކޮށްފައެވެ.
އެޗްޕީއޭ އިން ބުނީ، މި އެވޯޑަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޑަބްލިއުއެޗްއޯގެ ލިންކް https://www.paho.org/en/news/29-10-2025-call-world-no-tobacco-day-2026-awards ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެންމެ ލަސްވެގެން އަންނަ ފެބުރުއަރީ މަހުގެ 13 ގެ ނިޔަލަށް ހުށަހެޅުމަށެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެޗްޕީއޭގެ އީމެއިލް [email protected] އަށް ހުށަހެޅުމުން ލިބޭނެ ކަމަށް އެ އެޖެންސީ އަށް ބުނެފައިވެއެވެ.