ENGLISH
05 ޖުލައި 2025
ޤާނޫނަށް ގެނައި އިސްލާހުތަކަކީ ޒަމާނުއްސުރެ ހުރި ނުރަނގަޅު ކަންތައްތަކެއް ނައްތާލުމަށް ގެނެވުނު ހެޔޮ ބަދަލުތަކެއް: ޙުސްނީ
07 ޑިސެމްބަރު 2024
|
މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރަކް - ފޮޓޯ: އެމްއެމްޓިވީ
ޤާނޫނުއަސާސީ އަށް ގެނެވުނު އިސްލާހުތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ ހުރި ނުރަނގަޅު ކަންތަށްތަކެއް ނައްތާލުމަށްޓަކައި ގެނެވުނު ހެޔޮ ބަދަލުތަކެއް ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ " ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޙުސްނީ ވިދާޅުވީ 20 ވަނަ ރައްޔިތުން މަޖިލީހުގެ މެމްބަރުން ހުވާކުރުމަށް ފަހު މުހިންމު ޤާނޫނުތަކަކަށް އިސްލާހު ގެނެވިއްޖެ ކަމަށް ގަބޫލު ކުރާކަމަށާއި ގެނެވުނު ބަދަލުތަކަކީ ހެޔޮ ބަދަލުތަކެއް ކަމަށެވެ.
ޙުސްނީ ވިދާޅުވީ ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި ބަދަލާއި ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނު ފަދަ ބަދަލުތަކަކީ ރާއްޖޭގައި ޒަމަނާނުއްސުރެ އޮތް ނުރަނގަޅު ކަންތަށްތަކެއް ނައްތާލުމަށްޓަކައި ވޭތުވެދިޔަ ސަރުކާރުތަކުން ކުރަން ފަސްޖެހިފައިހުރި ކަންތައްތައް ކަމަށެވެ. އަދި އެކަންކަން ބަދަލު ކުރުމަށްޓަކައި ޤާނޫނު އަސާސީ އަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ކަމަށާއި އެވކާމިޔާބީ ހާސިލް ކޮށްފި ކަމަށްވވެސް ޙުސްނީ ވިދާޅުވިއެވެ.
މީގެ އިތުރުން މެމްބަރު ޙުސްނީ ވިދާޅުވި، ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެ ކުރުން މަނާކުރުމަށް ގެނެވުނު ބަދަލަކީ ހެޔޮ ބަދަލެއްކަމަށާއި މިހާތަނަށް މިވފިޔަވަޅު ނާޅާ އޮތުމުގެ ސަބަބުން ފެނިގެން މިދިޔައީ ޖީލެއް ހަލާކުގެ ތެރެއަށް ހުށަހެޅިގެން ދާތަން ކަމަށެވެ. އެހެންކަމުން ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން މަނާކުރުން އެއީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށާއި ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން އެއީ ވަރަށް ހިތްވަރުގަދަ ގައުމީ ވަންތަ ނިންމެވުމެއް ކަމަށް ވެސް ހުސްނީ ފާހަގަކުރެއްވިއެވެ.
"ވޭޕް އެތެރެ ކޮށްގެން އަޅުގަނޑުމެންނަށް އިމްޕޯޓް ޑިއުޓީ ލިބޭ ދައުލަތަށް އާމްދަނީ ހޯދޭނެ މަގެއް އެއީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭ ފައިސާ، އެހެންނަމަވެސް މީގައި ވިސްނަންޖެހޭ ކަމަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި އެލިބޭ ފައިސާ އަށްވުރެ ގައުމު ހަލާކުގެ ތެރެއަށް ގައުމުގެ ޖީލެއް ހަލާކުގެ ތެރެއަށް ދާދިއުން އެއީ މާބޮޑު ގެއްލުމެއް ، އެހެންކަމަށްވާނަމަ އެ ނިންމެވުން ރައީސް ޑރ މުޙައްމަދު މުޢިއްޒު އެނިންމެވީ އެއީ ވަރަށް ހިތްވަރުގަދަ ގައުމީ ވަންތަ ނިންމުމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ. އެ ޤާނޫނަށް އެ ބަދަލުގެނެސް އަޅުގަނދުމެންގެ އަންނަން އޮތް ޖީލް ސަލާމަތް ކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް އެފިޔަވަޅަކީ،" ހުސްނީ ވިދާޅުވިއެވެ.
ހުސްނީ ވިދާޅުވީ މިގެނެވުނު ބަދަލާއި އެކީގައި ކުރިއަށް އޮތްތަނުގައި ހެޔޮ ނަތީޖާތަކެއް ފެނިގެން ދާނެކަމަށާއި ހަލާކުގެ ތެރެއަށް ހުށަހެޅެމުން ދިޔަ ޒުވާން ޖީލެއް ސަލާމަތް ކުރެވުމުން އޭގެ ހެޔޮ މަންފާ ކުރިއަށް އޮތްތަނުގައި ފެނިގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ވަޒީފާއާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހަކީ ވެސް މުހިންމު އިސްލާހެއް ކަމަށް ފާހަގަކުރަށްވައި ޙުސްނީ ވިދާޅުވީ، ގައުމުގައި ހުރި މައިގަނޑު ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ ބިދޭސީންގެ މައްސަލަ ކަމަށެވެ. އަދި މި ސަރުކާރު އައުމާ އެކީގައި ބިދޭސީންގެ ކަންކަން ހަމަމަގަށް އެޅުމަށްޓަކައި އެކަމާ ބެހޭ އިދާރާތަކުން މުހިންމު މަސައްކަތްތަކެއް ކޮށްފި ކަމަށާ އަދި ރައްޔިތުން އެކަން ބަލައިގެންފިކަން ވެސް ޙުސްނީ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޤާނޫނުގެ ތެރެއިން ބިދޭސީން ގެނައުމާއި ބިދޭސީންގެ ކަންކަން ރެގިއުލޭޓް ކުރުމާއި އެކަންކަމުގައި އިހުމާލުވާ ފަރާތްތަކާއިމެދު ފިޔަވަޅުއެޅޭނެ ކަންތައް އިތުރަށް ހަރުދަނާކޮށް ޤާނޫނަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ވަޒީފާއާ ބެހޭ ޤާނޫނަށް އެވަނީ ގެނެވިފައިކަމަށް ހުސްނީ ވިދާޅުވިއެވެ. ހުސްނީ ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް ވެސް ނުރަށްކާވާ ހާލަތުގައި އޮތް ބޮޑު މައްސަލައެއް ކަމަށެވެ.
"ހަގީގަތުގައި ބަލާކަމަށްވާ ނަމަ ބިދޭސީން އުޅެނީ ކޮން އަދަދެއްކަން ރަސްމީ ރެކޯޑްސްތަކަކުން އެނގެންނެތް އަޅުގަނޑުމެން ވެރިކަމާ ހަވާލުވީއިރު، މިހާރު ކިރިޔާ ބިދޭސީންގެ މައުލޫމާތުތައް އެއްކުރަމުން އޭގެ ސައްހަ ރެކޯޑެއް ބެލެހެއްޓުމަށްޓަކައި މަސައްކަތް ކުރަމުން އެދަނީ، އެހެންވީމައި މީ ގައުމީ ސަލާމަތަށް ވެސް ނުރައްކާވާ ހާލަތުގައި އޮތް ކަމެއް،" ޙުސްނީ ވިދާޅުވިއެވެ.
ގައުމީ ސަލާމަތަށް ވެސް ހުރި ނުރައްކަލެއްގެ އިތުރުން ކުދި ވިޔަފާރިތަކާއި ރާއްޖޭގެ އިޤްތިސާދަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ ކަމެއްކަން ހުސްނީ ފާހަގަކުރެއްވިއެވެ. މިކަން ރަނގަޅުކުރުމަށްޓަކައި ޤާނޫނަށް ގެނެވުނު އިސްލާހަކީ ހެޔޮ ބަދަލެއް ކަމަށް ހުސްނީ ވިދާޅުވިއެވެ.