ENGLISH

19 އޭޕްރީލު 2025

Advertisement

ކޮންމެ ސަރުކާރަކުން ފެއްޓެވި މަޝްރޫޢެއް ކަމުގައިވިޔަސް މި ސަރުކާރުން އެ މަޝްރޫޢެއް ނިންމަވައިދެއްވާނެ: ނައިބު ރައީސް

06 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް - ފޮޓޯ: ރައީސް އޮފީސް

ކޮންމެ ސަރުކާރަކުން ފެއްޓެވި މަޝްރޫޢެއް ކަމުގައިވިޔަސް މި ސަރުކާރުން އެ މަޝްރޫޢުތައް ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. 

އއ. އުކުޅަހުގެ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ނައިބް ރައީސް ވިދާޅުވީ ކޮންމެ ސަރުކާރަކުން ފެއްޓެވި މަޝްރޫޢެއް ކަމުގައިވިޔަސް މި ސަރުކާރުން އެ މަޝްރޫޢަކަށް އިޙްތިރާމުކުރައްވާނޭކަމަށާއި، އަދުގެ ސަރުކާރުން އެ މަޝްރޫޢުތައް ނިންމަވައިދެއްވާނޭ ކަމަށެވެ.

އުކުޅަހުގައި ހުޅުވި މި ފުޓުބޯޅަ ދަނޑު، މިކަމުގެ ނަމޫނާއަކަށް ފުދޭކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިގޮތަށް ނުނިމި ހުރި ހުރިހާ ދަނޑުތަކެއް ސަރުކާރުން ނިންމަވައިދެއްވާނޭ ކަމަށެވެ. 

މީގެ އިތުރުން ނައިބުރައީސް ވިދާޅުވި، ޒުވާނުންނަކީ މި ޤައުމުގެ ހަކަތަ ކަމަށާއި، ޒުވާނުން ޒުވާނުންގެ ގޮތުގައި މިސަރުކާރުން ބަލައިގަންނާނޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެހަކަތައިގައި ވަރު ނެތްކަމުގައިވާނަމަ ދިވެހި ޤައުމު ނުހިނގާނޭކަން ފާހަގަކުރައްވަމުން، ޒުވާނުންގެ އަޑު އަހައިގެން، ޒުވާނުންނަށް ހުރި ކަންކަން ފުރިހަމަކޮށްދެއްވުމަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އާއި އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު