ENGLISH
19 އޭޕްރީލު 2025
އެމްޑީޕީގެ ވެރިކަން ނިމުނުއިރު ގައުމު އޮތީ 124 ބިލިއަން ރުފިޔާއިން ދަރުވާލާފައި: މެމްބަރު ޒަރީރު
06 ޑިސެމްބަރު 2024
|
މަތިވެރި ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަަނީ
މިދިޔަ ވެރިކަން ނިމުނު އިރު ދިވެހި ރާއްޖެ އޮތީ 124 ބިލިއަން ރުފިޔާއިން ދަރުވާލާފައި ކަމަށް މަތިވެރި ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ގާނޫނު އަސާސީ ވުޖޫދަށް އައި ފަހުން ވެރިކަމެއްގެ ތެރޭގައި އެންމެ ގިނަ ލޯނު ނެގީ މިދިޔަ ވެރިކަމުގައި ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބެލީ ގާނޫނު އަސާސީ ހިމާޔަތްކުރުމުގެ ނަމުގައި އަމިއްލަ މަސްލަހަތު ރައްކާތެރިކޮށް އަމިއްލަ މަންފާއަށް މަސައްކަތް ކުރުން ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
ޑޮލަރުގެ މައްސަލައަށް ވެސް އަވަސް ހައްލެއް ގެނެސްދޭނެކަމަށް ބުނެ ވެރިކަމުން ފޭބިއިރު މައްސަލަ އިތުރަށް އޮތީ ގޯސްވެފައި ކަމަށާއި އިގްތިސާދުގައި ދައުރުވާ 7 ބިލިއަން ޑޮލަރުން ބޭންކުތަކަށް ވަންނަނީ އެންމެ ދެ އިންސައްތަ ކަމަށް މެންބަރު ވިދާޅުވިއެވެ. އެއީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 67 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެކެވެ.
މި މައްސަލަ އަށް ގެންނަން ޖެހޭ ދާއިމީ ހައްލު ގެނައުމަށްޓަކައި މި ސަރުކާރުން މުހިންމު ބިންގަލެއް އަޅައިފި ކަމަށް ވެސް މެންބަރު ޒަރީރު ވިދާޅުވިއެވެ.
"މި ބިންގާ މި ކަމު ނުދިޔައީ، ބްލެކް މާކެޓުގަ ޑޮލަރުތައް ވިއްކައިގެން އޭގެ އެތައް ގުނައެއް ނާޖާއިޒު ފައިދާ ނަގަމުން ދާ މީހުންނަށް، އެހެން ނަމަވެސް މިއީ ކުރަން ޖެހޭ ކަމެއް. މިއީ އެމްޑީޕީއިން ވެސް ކުރަން ނިންމާފައި އޮތް ކަމެއް، އެކަމަކު އެ މީހުން މިކަން ނުކުރީ ސިޔާސީ ގޮތުން ގެއްލުން ވެދާނެތީ. ރާއްޖޭގެ ދެތިން ހަތަރު މަހުޖަނުން އެކަމާ ނުގަބޫލު ވެދާނެތީ. އެމީހުން ރުޅި އަތުވެދާނެތީ އެކަން ނުކުރީ" މެމްބަރު ޒަރީރު ވިދާޅުވި އެވެ.
މިއާ ޚިލާފަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކެރިވަޑައިގެން، ގައުމުގެ އިގްތިސާދު ނަގާ ހަމައަކަށް އެޅުވުމަށްޓަކައި ސިޔާސީ ގޮތުން ލިބިދާނެ ގެއްލުމަކަށް ނުވިސްނައި ގައުމީ ވިސްނުމެއްގަ ޑޮލަރުގެ މައްސަލައަށް ވެސް ވަނީ ދާއިމީ ހައްލެއް ގެންނަށް ފަށާފައި ކަމަށް މެންބަރު ޒަރީރު ވިދާާޅުވިއެވެ.