ENGLISH
14 ޖެނުއަރީ 2026
ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް
14 ޖެނުއަރީ 2026
|
މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ދަރިވަރު
މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑެމީން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
ރާއްޖޭގައި ޅެންވެރީންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. މި ދުވަހަކީ އަލްއުސްތާޛު އަލްމަރުހޫމް އިބްރާހީމް ޝިހާބުގެ ނަންފުޅުގައި ފާހަގަކުރާ ދުވަހެކެވެ. ޅެންވެރިކަމުގެ ދުނިޔޭގައި އެމަނިކުފާނު މާޝްހޫރުވެ ވަޑައިގެންފައިވަނީ ޝާއިރުއް ޝަބާބުގެ ލަގަބުންނެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ޅެންވެރީންގެ ދުވަސް ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ކުރިޔަށް ދާނެކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ވުޒާރާއިން ބުނީ، ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޕްރޮގްރާމުތަކުގެ އިތުރުން އެ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޅެންވެރީންގެ ދުވަހުގެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.