ENGLISH

15 ޖެނުއަރީ 2026

Advertisement

މަސްތުވާތަކެއްޗާއެކު ކުޅުދުށްފުށިން މީހަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރެވުނު މީހާ--ފޮޓޯ:ޕޮލިސް

މަސްތުވާތަކެއްޗާ ދެކޮޅަށް ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ، މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި އޮޕަރޭޝަން އެއްގައި ކަމަށެވެ. މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ.ނޮޅިވަރަމް / އެލްޕަސޯ ، އަޙްމަދު ފަޒީން (35އ) އެވެ.

މި ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، ކުޅުދުއްފުށި ގެއަކުން އަޙްމަދު ފަޒީން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙްޤީގުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު