ENGLISH

19 އޭޕްރީލު 2025

Advertisement

ކަންބޮޑުވުންތައް ރައީސް ހައްލުކޮށްދެއްވާނެކަން ޔަޤީން: ބައެއް މަސްވެރިން

05 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

ރައީސް މުޙައްމަދު މުޢިއްޒު ރައީސް އޮފީހުގައި އިއްޔެ މަސްވެރިންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

މަސްވެރިންގެ ކަންބޮޑުވުންތައް ރައީސް މުޙައްމަދު މުޢިއްޒު ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސްއާ އިއްޔެ ބައްދަލުކުރި މަސްވެރިން ބުނެފި އެވެ.

ރައީސް މުޢިއްޒު އިއްޔެ ވަނީ މަސް ދޯނިފަހަރުގެ ކެޔޮޅުންނާއި ފަޅުވެރިނާ، ރައީސް އޮފީހުގައި ބައްދަލުކުރައްވާ، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވާފައެވެ.

މަސްވެރިންގެ ފަރާތުން ރައީސްއާ ބައްދަލުކުރި "ކެޔޮޅު ލޮބީ" ގްރޫޕުގެ ފަރާތުން ސާމިއު އިބްރާހިމް ބުނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް އެއްގަޑިއިރާ 45 މިނިޓް ރައީސް ހޭދަކުރެއްވި ކަަމަށެވެ.

"މަސްވެރިންގެ ފަރާތުން ލިބުނު މައްލޫމާތުތަކަށް ބަލާއިރު، ރައީސް ވިދާޅުވި އޭގެ ކުރިން ނުލިބޭ ބައިވަރު މައުލޫމާތުތަކެއް ލިބުނު ކަމަށް. ވަރަށް ބޮޑު އުންމީދުތަކެއް ވެސް އާވެގެން ދިޔަ. ރައީސް ވަނީން ޔަޤީންކަން ދެއްވާފައި ވަރަށް ސީރިއަށް ކަމެއްގެ ގޮތުގައި މަސްވެރިންގެ ކަންކަން ބައްލަވާނެ ކަމަށް. އޭގެ އިތުރުން ރައީސް ވިދާޅުވި ކޮންމެ ތިން މަހުން އެއްފަހަރު ކެޔޮޅުންނާއި ރައީސް ބައްދަލުކުރައްވާނެ ވާހަކަ،" ރައީސް އާ ބައްދަލުކުރެއްވި ކެޔޮޅުންގެ ތެރެއިން، ސާމިއު އިބްރާހިމް ބުންޏެވެ.

ކެޔޮޅު ލޮބީން ބުނީ އެއް ކިލޯ ހުންނަ މަސް، ގަންނަ އަގު މަތިކޮށް ދެއްވުމަށާއި، މާލެ އާ އެއް އަގެއްގައި މަސްވެރިންނަށް ފަސޭހަ އިން ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައި ދެއްވުމަށާއި ކިރާ މަހަށް ފައިސާ ލިބެން ގިނަ ދުވަސްވުމުން މަސްވެރިނަށް އުފުލަންޖެހޭ ދަތިތަކުގެ ވަހަކަ ރައީސް އާ ހިއްސާ ކުރުވުނު ކަމަށެވެ.

"ރައީސް މިއަދު (އިއްޔެ) ދެއްކި ވާހަކަފުޅުން ޤަބޫލު ކުރެވޭ މި އިންޑަސްޓްރީ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރުމަށް ރައީސްގެ ވިސްނުންފުޅު ހުރިކަން، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައީސް މުޢިއްޒު އެކަންތައް އަޅުގަނޑުމެންނަށް ކޮށްދެއްވާނެ،" ސާމިއު ބުންޏެވެ.

ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިނަން އެންމެ ބޮޑަށް ދިމާވެފައި އޮތީ، މަސް ކިރުވި ބިލުތަކަށް މިލިއަނުން ފައިސާ ނުލިބިހުރި މައްސަލަ އެވެ. މާލީ ގޮތުން ދަތި އަހަރެއްގައި ވެސް އެ މައްސަލަ އަށް ރައީސް މުޢިއްޒު ވަނީ ކުރު މުއްދަތެއްގައި ހައްލުތަކެއް ނެގެސްދެއްވާފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ނުދީ 250 މިލިއަން ރުފިޔާ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު