ENGLISH

10 ޖެނުއަރީ 2026

Advertisement

ފެލިވަރު ކޯލްޑް ސްޓޯރޭޖް މިއަހަރު މެދުތެރޭގައި ބޭނުން ކުރަން ފަށަނީ

09 ޖެނުއަރީ 2026

|

ފާތުމަތު އަދާ

ފެލިވަރުގައި ގާއިމްކޮށްފައިވާ ކޯލްޑް ސްޓޯރޭޖް މި އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުހަތު ޝަހީރު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަރުހަތު ޝަހީރު ވިދާޅުވީ ފެލިވަރުގައި މިހާރު ހުރީ ވަރަށް ދުވަސްވީ ކޭނަރީއެއް ކަމުން މަސްބަންދުކުރާ އާ ކޭނަރީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ފެލިވަރުގައި މިހާރު ހުރި ކޭނަރީގެ ކެޕޭސިޓީއަކީ ގާތްގަނޑަކަށް 40-50 ޓަނެވެ. 

ފެލިވަރުގައި ހުންނަ މިފްކޯގެ މައި ޕްރޮޑަކްޝަން ހަބު އިތުރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ހަދާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏަކާއެވެ. 

މިފްކޯ އިން ބުނީ ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް 4،000 ޓަނަށް ބޮޑުކުރުމުގެ އިތުރުން 200 ޓަނުގެ ބްރައިން ފްރީޒިން އާއި 80 ޓަނުގެ ފެން އުފައްދާ ޕްލާންޓެއް ގައިމުކުރާނެ ކަމަށެވެ.

މި މަޝްރުއޫގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ 48 އިންސައްތަ އިތުރުވާނެ އެވެ. އަދި ފްރީޒިން ކެޕޭސިޓީ 37 އިންސައްތަ އިތުރުވާނެ އެވެ. އަދި ފެލިވަރުގެ އާ ފެސިލިޓީއާ އެކު އުތުރުގެ މަސްވެރިން ކޫއްޑޫއަށް މަސްކިރަން ދިއުމަށް ކުރާ ދަތުރުތައް ނިމުމަކަށް އަންނާނެކަމަށް ވެސް މިފްކޯއިން ބުންޏެވެ. 

ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް މަޝްރޫޢު އިންޑިއާގެ ރައިނެކް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ ޖެނުއަރީ 18، 2023 ގައެވެ. މި މަޝްރޫއަށް ޚަރަދު ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ފެލިވަރުގެ ކެޕޭސިޓީ އިތުރަން ހިންގާ މަޝްރޫއަށް 22 މިލިއަން ޑޮލަރު ޚަރަދުކުރެއެވެ.  

ކިޔުންތެރިންގެ ހިޔާލު