ENGLISH

06 ޖުލައި 2025

Advertisement

ބާ ކައުންސިލްގެ އިމްތިހާނުން 43 ޕަސެންޓް ކުދިން ވަނީ ފެއިލްވެފައި

05 ޑިސެމްބަރު 2024

|

އެމް އެމް

ރާއްޖޭގެ ބާ ކައުންސިލުން ބޭއްވި އެ ކައުންސިލްގެ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 43 ޕަސެންޓް ކުދިން ފެއިލް ވެއްޖެއެވެ. 

މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ބާ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފެށިކަން އިއުލާނުކޮށް މިއަދު ބާ ކައުންސިލުން ވަނީ އެކަމާ ގުޅޭ ބައެއް މައުލޫމާތު ހާމަކޮށްފަ އެވެ.

އެގޮތުން މިއަހަރުގެ އިމްތިހާނުގައި ބައިވެރިވެ ގާނޫނީ ދާއިރާ އަށް ވަނުމަށް ބޭނުންވާ މިނިމަމް ކޮމްޕިޓެންސީ ޓްރެޝްހޯލްޑް ހާސިލުކޮށް، އިމްތިހާނުން ފާސްވެފައިވަނީ 57 ޕަސެންޓް ދަރިވަރުން ކަމަށް ބާ ކައުންސިލުން ބުނެއިވެ އެވެ. އަދި އިމްތިހާނުން އެންމެ މަތީ ދަރަޖަ 14 ފަރާތަކުން ވަނީ ހާސިލުކޮށްފަ އެވެ.

ބާ އިމްތިހާނަކީ ގާނޫނީ ފަންނު ހަރުދަނާ ކުރުމަށް ޓަކައި، ގާނޫނީ ފަންނާ އަލަށް ގުޅޭ ފަރާތް ތަކަކީ ގާނޫނީ ޚިދުމަތެއް ފޯރުކޮށް ދިނުމަށް ގާބިލު ބައެއްކަން ކަށަވަރު ކުރުމުގެ ބޭނުމުގައި، ބާ ކައުންސިލުން ބާއްވާ އިމްތިހާނެކެވެ. މިއަހަރުގެ އިމްތިހާނުގައި މައިގަނޑު ހަ ދާއިރާ އަކުން ސުވާލުތައް ހިމަނާފައިވާ ކަމަށް ބާ ކައުންސިލުން ބުނެ އެވެ.

މިއަހަރުގެ ބާ އިމްތިހާނު އިމްތިޒާމް ކުރީ ޔޫއެސްއެއިޑާއި އެމެރިކަން ބާ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ކަމަށް ބާ ކައުންސިލުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު