ENGLISH
29 ޑިސެމްބަރު 2025
އެއާޕޯޓުގައި ދިމާވާ ކުއްލި ހާލަތްތަކުގައި ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
29 ޑިސެމްބަރު 2025
|
އެއާޕޯޓުގައި ދިމާވާ ކުއްލި ހާލަތްތަކުގައި ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި----ފޮޓޯ:ފުލުހުން
އެއާޕޯޓުގައި ދިމާވާ ކުއްލި ހާލަތްތަކުގައި ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުން އެކުލަވާލުމަށް "އެމްއޯޔޫ ސައިނިންގ ސެރަމަނީ އޮން އެއާޕޯޓު ކްރައިސިސް މެނޭޖްމަންޓް" ގެ ނަމުގައި ޚާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފައިވެއެވެ.
ކުއްލި ހާލަތްތަކުގައި އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެކުލަވާލި މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން
މިއަދު ސޮއިކުރެއްވިގެން ދިޔަ މި އެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ކަމެއް ދިމާވާ ވަގުތު ފިޔަވަޅު އެޅޭނެ ގޮތްތައް ތަންފީޒުވެގެންދާނެކަމަށް އެމްއޭސީއެލް އިން "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނެފައިވެއެވެ. އަދި، މި އެއްބަސްވުމަކީ ކުއްލި ހާލަތްތަކުގައި މުއާމަލާތުކުރުން ހަރުދަނާކުރުމާއި އަވަސް އަދި ފައިދާހުރި ގޮތެއްގައި އިޖާބަ ދިނުމުގެ ގޮތުން ސޮއިކުރެވިގެންދިޔަ އެއްބަސްވުމެއްކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.