ENGLISH

17 ޑިސެމްބަރު 2025

Advertisement

ރާއްޖޭގައި ބެޑްމިންޓަން ކުރިއަރުވައި، ތަރައްގީކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

17 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

ބެޑްމިންޓަން އޭޝިއާ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއަރމަން ވާޖިދު އަލީ ޗައުދަރީއާ ބައްދަލުކުރައްވައި، ރާއްޖޭގެ ބެޑްމިންޓަން ކުރިއަރުވައި ތަރައްގީކުރުމާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މަޝްވަރާކުރައްވައިފި އެވެ.

ކުޅިވަރު ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާގުގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިޝްފާން މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި 2026 ވަނަ އަހަރަށް ތާވަލުކުރެވިފައިވާ ކޯޗުން ތަރައްގީކުރުމުގެ ޕްރޮގްރާމެއް ފެށުމާއި، ދިވެހި އެތުލީޓުންނާއި އޮފިޝަލުންނަށް ބައިނަލްއަގުވާމީ ސްކޮލަރޝިޕްގެ ފުރުސަތުތައް ހޯދައިދިނުމާއި، ކުރިއަށް އޮތް ތަނުގައި ބެޑްމިންޓަން އޭޝިއާގެ އެހީތެރިކަމާއެކު މުބާރާތްތައް ރާއްޖޭގައި ބޭއްވުމާ ގުޅޭގޮތުން ހިމެނެއެވެ.

މީގެ އިތުރުން، ގައުމީ ފެންވަރުގައި ބެޑްމިންޓަން ކުޅުމުގެ އޮނިގަނޑާއި، ކުޅުމުގެ ފެންވަރާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުޅުން ކުރިއެރުވުމަށްޓަކައި އެއްބާރުލުން އިތުރުކުރުމާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު