ENGLISH
20 ނޮވެމްބަރު 2025
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށް "ހައިކޮމިޝަނަރސް ކަޕް" އިފްތިތާހުކޮށްފި
20 ނޮވެމްބަރު 2025
|
މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން "ހައި ކޮމިޝަނަރސް ކަޕް" ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް އިފްތިތާހުކޮށްފިއެވެ.
މި މަހުގެ 15 ވީ ހޮނިހިރު ދުވަހު މެލޭޝިއާގެ ކުއާލަ ލަންޕޫރުގައި 'ހައިކޮމިޝަނާރސް ކަޕް' ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރ، އަލްފާޟިލް މުހައްމަދު ތޮލާލް އެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ބެޑްމިންޓަން ގައުމީ ޗެމްޕިއަން، އަހުމަދު ލަތީފް (ސީވީޑް ލަތީފް) އާއި ކުރީގެ މަޝްހޫރު އެތުލީޓް ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން) އަދި އިބްރާހިމް ތަސްލީމް ބައިވެރިވިއެވެ.
'ހައިކޮމިޝަނާރސް ކަޕް' އިފްތިތާހު ކުރި ރަސްމިއްޔާތުގައި ދިވެހި ކޮމިއުނިޓީއާ މުހާތަބުކޮށް ދެއްކި ވާހަކައިގައި ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ތޮލާލް ވަނީ، ކުޅިވަރާއި އެއްބައިވަންތަކަމާއި ސަރުކާރުގެ ކުޅިވަރު ސިޔާސަތާއި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.
ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ޑރ މަރިއަމް ޝަބީނާ އަހްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގައި ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިސް ކަމެއް ދެއްވާކަމަށެވެ.
އެގޮތުން، ސަރުކާރުން އިފްތިތާހް ކުރައްވާފައިވާ "ދުޅަހެޔޮ ޖީލެއް އެންމެން އެކުގައި - ހަށިހެޔޮ ރާއްޖެ" ޝިޔާރުގެ ދަށުން ދުޅަހެޔޮ ރާއްޖެ އެއް ބިނާ ކުރުމަށް މަސައްކަތް ކުރުމަކީ ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް އެންމެން އެކުގައި ކުރަންޖެހޭކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"ހައިކޮމިޝަނަރސް ކަޕް" ގެ ކުރިއަށް ހުރި މުބާރާތްތަކުގެ ތެރޭގައި ބާސްކެޓްބޯޅަ، މެރަތޮން، ބަށި، ހޭންޑްބޯޅަ އާއި ފުޓްސަލް ހިމެނެއެވެ.