ENGLISH

10 އޭޕްރީލު 2025

Advertisement

ގޯލްޑް ކަޕް: ފުވައްމުލައް ދެވަނަ ބުރަށް، ކެންދޫ އާއި މާފުށި މެޗު އެއްވަރު

01 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ގޯލްޑް ކަޕް 2024 - ފޮޓޯ: މިހާރު

މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުން ފުވައްމުލަކު ސިޓީ ޖާގަ ހޯދިއިރު، ބ. ކެންދޫ އާއި ކ. މާފުށި ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ގްރޫޕް އޭ ގައި ހިމެނޭ ދ. މީދޫ އަތުން ފުވައްމުލައް މޮޅުވީ 4-0 އިންނެވެ.

މި ނަތީޖާއާ އެކު ފުވައްމުލައް ދެވަނަ ބުރަށް ދަތުރުކުރީ މިހާތަނަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުވައްމުލަކުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ހެޓްރިކް ހަދައިފައެވެ.  

ޝަމާލް ވަނީ ހަ ލަނޑު ހަމަކޮށް، މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފައެވެ.

ގޯލްޑް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެންދޫގެ ގާސިމް ޝަމާމްގެ ގޯލުން ލީޑު ނަގައިދީފައި ވަނިކޮށް، މެޗުގެ ފަހު ހާފުގެ އެންމެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މާފުށްޓަށް އެއްވަރުކޮށްދިނީ އަލީ އުޒައިރު މުޙައްމަދު އެވެ.

މި މުބާރާތުގައި މިރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި މާލޭ ސިޓީ ނުކުންނާނި ބ. އޭދަފުށްޓާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު