ENGLISH

11 ނޮވެމްބަރު 2025

Advertisement

ޠަޢިބާ މިސްކިތަށް ގެއްލުންދިން މީހާއާ އާއިލާއާ ހަވާލުކޮށްފިން: ފުލުހުން

11 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ޠަޢިބާ މިސްކިތަށް ގެއްލުންދިން މީހާ

ޠަޢިބާ މިސްކިތަށް ގެއްލުންދިން މީހާއާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ދިވެހި ފިރިހެނަކު މިއަދު ހެނދުނު ވަނީ ޠަޢިބާ މިސްކިތަށް ގެއްލުން ދީފަ އެވެ. އޭނާ ވަނީ ގަލަކުން ޖަހާ މިސްކިތުގެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާފަ އެވެ.

އެ މީހާ ހައްޔަރުކުރީ މިސްކިތުގެ ގޯތިތެރޭގައި ހުއްޓަ އެވެ.

ފުލުހުން ދެންމެ ބުނީ އެ މައްސަލައާ ގުޅިގެން 24 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެ މީހާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.

ނަމަވެސް މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު