ENGLISH

11 ނޮވެމްބަރު 2025

Advertisement

މުޙައްމަދު ޞާލިޙަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުން

11 ނޮވެމްބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ވިޔަފާރި އާއި އިޤްތިޞާދު ފުޅާކުރައްވައި، ކުރިއެރުއްވުމުގެ އެންމެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ، މ. ޝުއާޒް، މުޙައްމަދު ޞާލިޙަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުވައިފި. ޞާލިޙަށް މި ޢިއްޒަތް އަރުވާފައިވަނީ، ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ. މުޙައްމަދު ޞާލިޙަކީ، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި، ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓާއި، ޞިއްޙީ ދާއިރާ ފުޅާކޮށް ތަރައްޤީކުރެއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް. ޞާލިޙުގެ ޚިދުމަތުގެ މުއްސަނދި ތާރީޚުން ފާހަގަކުރެވޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތުގެ ޅަފަތުގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގެން، އެ ސިނާޢަތް ފުޅާކުރެއްވުމަށާއި، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރެއްވުމަށް ކުރެއްވި އަގުހުރި މަސައްކަތްތައް ހިމެނޭ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ މެނެޖިންގ ޑިރެކްޓަރަކީވެސް ޞާލިޙު. އައްޑުއަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށްޓަކައި، ހެރެތެރެ ރިޒޯޓް ވުޖޫދުކުރެއްވުމުގައިވެސް ޞާލިޙު ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފަ.

ކިޔުންތެރިންގެ ހިޔާލު