ENGLISH

11 ނޮވެމްބަރު 2025

Advertisement

މަސްތުގެ ހާލުގައި ހުރި މަންމައަކު އޭނާގެ ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާކުރި މައްސަލައެއް

11 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ފުލުހުންގެ ޚިދުމަތް --

މަސްތުގެ ހާލުގައި ހުރި މަންމައަކު އޭނާގެ ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާކުރި މައްސަލައެއްގެ ތަހުޤީޤު ފުލުހުން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ކުއްޖަކަށް އެ ކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 28 ވަނަ ދުވަހު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވޭ 50 އަހަރުގެ އަންހެން މީހާ އިއްޔެ ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.

އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު