ENGLISH
08 ނޮވެމްބަރު 2025
ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުން؛ 47 ވެހިކަލް ޓޯ ކޮށްފި
07 ނޮވެމްބަރު 2025
|
ފުލުހުން ވެހިކަލެއް ޓޯ ކުރަނީ
ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަަސައްކަތުގެ ތެރެއިން މިދިޔަ ދެ ދުވަހު 47 ވެހިކަލެއް ޓޯކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުން އެ މަސައްކަތް ފެށިކަން ފާހަގަކުރައްވާ މިއަދު ބުނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 47 ވެހިކަލެއް ވަނީ ޓޯ ކޮށްފައިވާ ކަމަށެވެ.
މިދިޔަ ދެ ދުވަހު ހުޅުމާލޭން 47 ވެހިކަލެއް ޓޯކޮށް 18 ވެހިކަލެއް ޖޫރިމަނާ ކޮށްފި އެވެ.
ފުލުހުން ދަނީ ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއީ ދެ ފޮރުޅުލީ 46 ވެހިކަލަކާއި ހަތަރު ފުރޮޅުލީ ވެހިކަލެކެވެ.
އޭގެ ތެރެއިން 38 ވެހިކަލެއް ޓޯ ކުރީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެންނެވެ. އަދި ލައިސަންސް ނެތި ދުއްވައިގެން 8 ވެހިކަލެއްް ޓޯ ކުރިއިރު ނުރައްކާތެރިކޮށް ދުއްވައިގެންނާއި އެހެނިހެން މައްސަލަތަކުގައި ތިން ވެހިކަލެއްް ޓޯ ކުރި އެވެ.
މީގެ އިތުރުން 18 ވެހިކަލެއް ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އެއީ ދެ ފޮރުޅުލީ 16 ވެހިކަލަކާއި ހަތަރު ފުރޮޅުލީ ދެ ވެހިކަލެކެވެ.