ENGLISH

08 ނޮވެމްބަރު 2025

Advertisement

ރާއްޖެ އާއި ތުރުކީއާ ދެމެދު ފަތުރުވެރިކަން ކުރިއެރުވުމަށް މަޝްވަރާކޮށްފި

07 ނޮވެމްބަރު 2025

|

ހަސަން އާމިރު

ފަތުރިވެރިކަން ކުރިއެރުވުމާ ގުޅޭ ގޮތުން ރާއްޖެ އާއި ތުރުކީއާ ދެމެދު މަޝްވަރާކޮށްފި އެވެ.

ލަންޑަންގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓްގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހިމް އާއި ތުރުކީގެ ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓަރު، މެހެމެތު އާސޮއީއާ ބައްދަލުކުރައްވައި، ދެޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމާއި އައު ފުރުސަތުތަކާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ވަނީ ކުރައްވައިފައެވެ. 

މި ބައްދަލުވުމުގައި، ދިވެހި ރާއްޖެ އާއި ތުރުކީއަކީ ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަމާއި، ދިވެހިރާއްޖޭގެ މުހިއްމު ބައިވެރިއެއްކަން ދެ މިނިސްޓަރުން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ދެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި އާ ކުރިއެރުންތައް ހޯދުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ދެ ޤައުމުގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އާ ފުރުސަތުތައް ހޯދުމަށް މަޝްވަރާކޮށްފައިވެއެވެ.

ޑަބްލިއުޓީއެމް 2025 އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑެތި އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓް ކަމަށް ވާތީ، މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމަށް މުހިއްމު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު