ENGLISH
10 މާރިޗު 2026
ރައީސް ޑރ.މުއިއްޒަށްވުރެ ވިލިމާލޭ ރައްޔިތުންނަށް ރަނގަޅު ވެރިއެއް ނެތް: މުހައްމަދު އިސްމާއީލް
10 މާރިޗު 2026
|
މެންބަރު މުހައްމަދު އިސްމާއީލު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެންމެ މަޤްބޫލު
ވިލިމާލޭ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށްވުރެ ހިދުމަތްތެރި ރަނގަޅު ވެރިޔަކު މާޒީއަށް ބަލައިލުމުން ފެންނަން ނެތްކަމަށާއި، އެ އަވަށުގެ ރައްޔިތުން ތިބީ ރައީސްގެ ވެރިކަމާމެދު ރުހި ގަބޫލުވެ އުފަލުންކަށް ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލު ވިދާޅުވެއްޖެއެވެ.
މެންބަރު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެ އަވަށުގެ ގޮނޑިތަކަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދެއްވުމަށް އެ ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަަޑައިގަތުމަށް ރައީސް އެ އަވަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު އަރިހުގައި ބައިވެރިވެވަޑައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މިއަދު ރައީސް ވިލިމާލެއަށް ވަޑައިގަތުމުން އެ އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މެންދުރު ވަގުތު މަގުމައްޗަށް ނުކުމެ އެމަނިކުފާނަށް ވަރަށް ހޫނަރު މަރުހަބާއެއް ދެންނެވި ސަބަބުގެ މައްޗަށް އަލިއަޅުވައިލައްވަމުން މެންބަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ އަވަށުގެ ރައްޔިތުންނަށް ރައީސް ވެވަޑައިގަތް ވައުދުފުޅުތައް ފުއްދެވުމުގެ އަމަލީ މަސައްކަތް ވަރަށް ބާރަށް ހަލުއިކަމާއެކު މިއަދު ކުރިއަށްދާ މަންޒަރު ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ.
"ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް މިއޮތް އެޅިގެންދަަނީ، އެހެރަ އަމަލީ މަސައްކަަތް ފެށެނީ، ޕެޓްރޯލް ޝެޑެއްގެ މަސައްކަތް ފެށިއްޖެ، ޕިކް ޕޯސްޓުގެ ހިދުމަތް ފެށިގެންދަނީ، 300 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަަތް ބޭންކުގެ ފައިނޭންސިންގެ ތެރެއިން ފެށިއްޖެ. އެހެންވީމާ ވިލިމާލޭގެ ރައްޔިތުންނަށް ރައީސް ޑ.މުހައްމަދު މުއިއްޒަށްވުރެ ރަނގަޅު ވެރިއެއް މާޒީއަކުން ނުފެނޭ. އެހެންވީމާ ވިލިމާލޭ ރައްޔިތުން މިތިބީ ވަރަށް އުފަލުން،" މެންބަރު ވިދާޅުވިއެވެ.
މެންބަރު އިތުރަށް ވިދާޅުވީ ވިލިމާލޭ ރައްޔިތުން ތިބީ އެމަނިކުފާނަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރަށް ކަމަށެވެ. އަދި އެ ރަށަށް އެކި މުނާސަބަތުތަކުގައި ރައީސް ކުރައްވާ ޒިޔާރަތްތަކުގެ ތެރެއިން އެމަނިކުފާނަށް އެ އަަވަށުގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި ތާއީދު ފެންނަމުންދާކަން މެންބަރު ފާހަގަކުރެއްވިއެވެ.
ވިލިމާލެއަކީ ޒަމާނުއްސުރެ ޕީއެންސީގެ ފިކުރަށް ތާއީދު ބޮޑު ސަރަހައްދަކަށްވާއިރު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަަތުގައި އެ އަވަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދިއުމަށް މަސައްކަތްކުރަމުންދާއިރު، އެ އަވަށުގައި ރައީސަށާއި ކޮންގްރެސް ޕާޓީއަށް އޮތް ތާއީދު ވަރަށް ބޮޑަށްވަނީ އިތުރުވެފައެވެ.