ENGLISH

07 ނޮވެމްބަރު 2025

Advertisement

ޅައިމަގު ބަނދަރު ތަރައްޤީކޮށް، ފަތާ ސަރަޙައްދުގެ މަސައްކަތް ނިމުމާގާތަށް

07 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ޅައިމަގު ބަނދަރު ފުންކޮށް، ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ

ށ. ޅައިމަގު ބަނދަރު ތަރައްޤީކޮށް، ފަތާ ސަރަޙައްދުގެ މަސައްކަތް ނިމުމާ ގާތަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ މި މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާ އަދި މިހާރު މި މަސައްކަތުގެ 98 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 24,343 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުން
  • 14,412 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ހާބަރ ބޭސިން ފުންކުރުން
  • 6,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން
  • 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 2,291 އަކަ މީޓަރު ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން

މީގެ އިތުރުން ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ އިތުރުން ފަތާ ސަރަޙައްދު ފުންކުރުން ވެސް ހިމެނެއެވެ.

ޅައިމަގު ބަނދަރު ތަރައްޤީކޮށް، ބަނދަރު ބޭނުން ކުރަން ފެށިގެން ދިއުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ. އެރަށުގެ ބަނދަރު ކުޑަވުމުގެ ސަބަބުންނާއި، ފަޅު ތިލަވުމުގެ ސަބަބުން ލަފާފުރާ ދޯނިތަކަށް ދިޔައީ ދަތި އުނދަގޫތަކެއް ކުރިމަތިވަމުންނެވެ. އެހެންކަމުން މި މަޝްރޫއު ނިމުމާއެކު މި މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު