ENGLISH

31 އޮކްޓޯބަރު 2025

Advertisement

ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯހުގެ ދެވަނަ ބެޗް ކާމިޔާބު ކަމާއެކު ނިންމާލައިފި

31 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯހުގެ ދެވަނަ ބެޗް ކާމިޔާބު ކަމާއެކު ނިންމާލުން --

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ

ކ. މަނިޔަފުށީ، ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މި ބެޗްގެ ތަމްރީން ފެށީ އޮކްޓޫބަރ 18 ވަނަ ދުވަހުއެވެ. މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދެވޭ، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެކެވެ. 

މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 10 ބައިވެރިން ދަނީ ތަމްރީނު ކުރެވުނެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 53 ބައިވެރިން ވަނީ ބޭސިކް މެރިކަލްޗަރ ކޯސް ފުރިހަމަކޮށްފަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ އިސްލާމީކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ ރީޖަނަލް ހަބް މެނޭޖަރ މުހައްމަދު ސުލެއިމާނެވެ.

ބޭސިކް މެރިކަލްޗަރ ޓްރެއިނިން ދިނުމަށް އަހަރަކު ދެ ކޯސް ބޭއްވުމުގެ ބަދަލުގައި ހަތަރު ކޯހަށް އިތުރުކުރުމަށްވެސް ރާވާފައިވާ ކަމަށް އެ ވުޒާރާއިން ބުނެ އެވެ. މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރ (މެރިކަލްޗަރ) ގެ ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ.

ވަރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެއެހީތެރިކަމާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސްއާ ގުޅިގެން ހިންގާ މި ޕްރޮގްރާމުގެ ޒަރީޔާއިން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ތަރައްޤީ ކުރުމަށް ބޭނުންވާ ދިވެހިފަންނުވެރިން ބިނާކުރެވޭނެ އެވެ. މިގޮތުން، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތްއާލާކުރުމާއި، އަދި އެގޮތުން އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށްގެއްލުން ކުޑަވާގޮތަށް އެ މަސައްކަތް ކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ ޢަމަލީ ތަޖުރިބާކޯހުގެ ބައިވެރިންނަށް ފޯރުކޮށްދީފައިވެ އެވެ. މީގެ އިތުރުން މިފަހަރު އަލަށް ސީވީޑް ކަލްޗަރ ކުރުމަށް ބޭނުންވާ ތިއަރީ ވެސް ކޯހުގައި ހިމެނިފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު