ENGLISH

31 އޮކްޓޯބަރު 2025

Advertisement

މުޅި ރާއްޖޭގައި "އިލްޒާމް" ؛ މި ހަފްތާގައި 54 ރަަށެއްގައި ދައްކާނެ

31 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ކުޅަދާނަ ޑައިރެކްޓަރު / އެކްޓަރު، ޔޫސުފް ޝަފީޢުގެ އައު ފިލްމް "އިލްޒާމް" ގެ ޝޯތައް އޮލިމްޕަހުގައި ދައްކަމުންދާއިރު އަތޮޅުތެރޭގައި ވެސް ވަރަށް ފޯރިގަދަ އެވެ. ވަރަަށް ގިނަ ރަށްރަށުގައި އެ ފިލްމު އަޅުވަން ދަނީ ރިކެއެސްޓް ލިބެމުންނެވެ.

ޔޫއްޕެ ޕްރޮޑަކްޝަން އާއި ދެކެދެކެވެސް ޕްރޮޑަކްޝަންގެ "އިލްޒާމް" މި ހަފްތާގައި ވަރަށް ގިނަ ރަށްރަށުގައި ދައްކާނެ އެވެ. 

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ މި ހަފްތާގައި "އިލްޒާމް" 54 ރަށެއްގައި ދައްކާނެ ކަމަށެވެ.

ފިލްމް ދައްކަން ބޭނުންނަމަ އަވަހަށް ގުޅާ

"އިލްޒާމް" ގެ ފޯރިގަދަވެ ބައެއް ރަށްރަށުގައި ދެ ޝޯ ނުވަތަ ތިން ޝޯ ދަނީ ދައްކަމުންނެވެ. 

ޕްރޮޑަކްޝަން ޓީމުން ވަނީ ފިލްމު ދައްކަން ބޭނުންވާ ރަށްރަށުން ގުޅަމުން ގެންދިއުމަށް އެދިފަ އެވެ. ފޯން ނަންބަރަކީ 9900264 އެވެ.

މާދަމާ ވެސް އޮލިމްޕަހުގައި ދެ ޝޯ

ޑިމާންޑް ބޮޑުވެ މި ވީކެންޑްގައި ފިލްމުގެ ހަތް ޝޯ ދެއްކުމަށް ވަނީ ނިންމާފަ އެވެ. އެ ޝޯތަކުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ.

މިއަދު މެންދުރު އެއް ޝޯ ވަނީ ދައްކާފަ އެވެ، މިރޭ ދެ ޝޯ އޮންނާނެ އެވެ. އެއީ ރޭގަނޑު ޝޯ އާ ދަންވަރު ޝޯ އެވެ. 

މާދަމާ ވެސް އިރާކޮޅު ޝޯ އާ ދަންވަރު ޝޯ އޮންނާނެ އެވެ.

ބެލުންތެރީންގެ ނަޒަރުގައި އަހަރުގެ އެންމެ ރީތި ފިލްމަކީ "އިލްޒާމް"

މި އަހަރަކީ ދިވެހި ސިނަމާއަށް އެންމެ ބާރު ބޮޑު އަހަރެވެ. ފުލުފުލުގައި ފިލްމުތައް ދަނީ ދައްކަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި "އިލްޒާމް" އަކީ މި އަހަރު ސްކްރީން ކުރި އެންމެ ރީތި ފިލްމެވެ.

"ހީކުރިވަަރަށް ވުރެ މޮޅު ފިލްމެއް ހަގީގަތުގައިވެސް. މުޅި މި އަހަރުގެ އެންމެ މޮޅު ފިލްމް," ފިލްމު ބެލި މީހަކު ކުރި ކޮމެންޓެއްގައި ލިޔެފައިވެ އެވެ.

"ވަރަށް މޮޅު ފިލްމެއް. ވަރަށް ގިނަ ގޮތްގޮތުން މުޖްތަމައުއާ ގުޅޭ ވަރަށް ސަޅި. އެއްވެސް އިތުރު ވާހަކައެއް ނެތް. ވަރަށް ފުރިހަމައޭ ބުނެވޭނީ," އެހެން މީހަކު ލިޔެފައިވެ އެވެ.

"ފިލްމު ހަމަ ވަރަށް ވަރަށް ވަރަށް ރީތި. ވަރަށް ބައިވަރު މެސެޖުތަކެއް ލިބިގެން ހިނގައްޖެ. ފިލާވަޅުތަކެއް ލިބިގެން ހިނގައްޖެ. އިބްރަތްތަކެއް ލިބިގެން ހިނގައްޖެ. އެއްވެސް ބޭފުޅަކު ނުބަލާ ދޫކޮށްލައިގެން ވާނެ ފިލްމެއް ނޫން މިއީކީ އެއް. ވަރަށް ވަަރަށް ރީތި," ފިލްމު ބެލުމަށް ފަހު ސިނަމާއިން ނިކުމެ ފިލްމަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު