ENGLISH
30 އޮކްޓޯބަރު 2025
އުކާލާ ތެޔޮ ބޭނުން ނުކުރަން އަންގައިފި
29 އޮކްޓޯބަރު 2025
|
ހެލްތް މިނިސްޓްރީ --
އުކާލާ ތެޔޮ ބޭނުން ނުކުރަން އަންގައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ އެކަން އަންގާ ބަޔާނެއް ނެރެފަ އެވެ. އެޗްޕީއޭ އިން ބުނީ ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރުމަށް ރިސޯޓްފަދަ ތަންތަނުން އުކާލާ ތެޔޮ ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
މިއީ މަނާ ކަމެއް ކަމާއި އާންމު ސިއްހަތަށް އޮތް ނުރައްކަލެއްކަން ކުރީން ވެސް އަންގާފައިވާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެޗްޕީއޭ އިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބުނާ "ކާބޯތަކެތީގައި ހުންނަން ޖެހޭ އާންމު ޝަރުތުތައް" މި ތެލުގައި ފުރިހަމަ ނުވާނެ ކަމަށެވެ. އަދި ރިސޯޓްފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލު ނޫން ކާބޯތަކެތީން ތަޣައްޔަރުވެފައިވާ ތެލަށް ވެސް ވެދާނެ ކަމަށެވެ.
އެ އެޖެންސީން ވަނީ ކާބޯތަކެތި ތައްޔާރުކުރުމަށް ފަހު އުކާލާ ތެޔޮ ބޭނުން ކުރުމަށް ވަނީ އަންގާފަ އެވެ. އަދި އެތަކެތި ވިއްކާ، ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.