ENGLISH

30 އޮކްޓޯބަރު 2025

Advertisement

ހަފްތާ ބަންދުގައި "އިލްޒާމް" ގެ ހަތް ޝޯ، ގިނަ މީހުން ބުނަނީ މިއީ އަހަރުގެ އެންމެ ރީތި ފިލްމޭ

29 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ޔޫއްޕެގެ "އިލްޒާމް" ގެ ޕްރިމިއާ ނައިޓް --

ކުޅަދާނަ ޑައިރެކްޓަރު / އެކްޓަރު، ޔޫސުފް ޝަފީޢުގެ އައު ފިލްމް "އިލްޒާމް" ގެ ޝޯތައް ދަނީ އޮލިމްޕަހުގައި ދައްކަމުންނެވެ. ކޮންމެ ރެއަަކު ފިލްމު ބަލާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ޑިމާންޑް ބޮޑުވެ ކުރިއަށް އޮތް ވީކެންޑްގައި ފިލްމުގެ ހަތް ޝޯ ދެއްކުމަށް ވަނީ ނިންމާފަ އެވެ. އެ ޝޯތަކުގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ.

* ބުރާސްފަތި - އިރާކޮޅު ޝޯ / ދަންވަރު ޝޯ

* ހުކުރު - މެންދުރު ފަސް ޝޯ / އިރާކޮޅު ޝޯ / ދަންވަރު ޝޯ

* ހޮނިހިރު - އިރާކޮޅު ޝޯ / ދަންވަރު ޝޯ

ފިލްމު ބަލާލަން ބޭނުންވާ މީހުން އަވަހަށް ޓިކެޓް ނެގުމަށް ޕްރޮޑަކްޝަން ޓީމުން ވަނީ އެދިފަ އެވެ. މިހާރުވެސް ހަތް ޝޯ ގެ ގިނަ ޓިކެޓް ވަނީ ވިކިފަ އެވެ.

ބެލުންތެރީންގެ ނަޒަރުގައި އަހަރުގެ އެންމެ ރީތި ފިލްމަކީ "އިލްޒާމް"

މި އަހަރަކީ ދިވެހި ސިނަމާއަށް އެންމެ ބާރު ބޮޑު އަހަރެވެ. ފުލުފުލުގައި ފިލްމުތައް ދަނީ ދައްކަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި "އިލްޒާމް" އަކީ މި އަހަރު ސްކްރީން ކުރި އެންމެ ރީތި ފިލްމެވެ.

"ހީކުރިވަަރަށް ވުރެ މޮޅު ފިލްމެއް ހަގީގަތުގައިވެސް. މުޅި މި އަހަރުގެ އެންމެ މޮޅު ފިލްމް," ފިލްމު ބެލި މީހަކު ކުރި ކޮމެންޓެއްގައި ލިޔެފައިވެ އެވެ.

"ވަރަށް މޮޅު ފިލްމެއް. ވަރަށް ގިނަ ގޮތްގޮތުން މުޖްތަމައުއާ ގުޅޭ ވަރަށް ސަޅި. އެއްވެސް އިތުރު ވާހަކައެއް ނެތް. ވަރަށް ފުރިހަމައޭ ބުނެވޭނީ," އެހެން މީހަކު ލިޔެފައިވެ އެވެ.

"ފިލްމު ހަމަ ވަރަށް ވަރަށް ވަރަށް ރީތި. ވަރަށް ބައިވަރު މެސެޖުތަކެއް ލިބިގެން ހިނގައްޖެ. ފިލާވަޅުތަކެއް ލިބިގެން ހިނގައްޖެ. އިބްރަތްތަކެއް ލިބިގެން ހިނގައްޖެ. އެއްވެސް ބޭފުޅަކު ނުބަލާ ދޫކޮށްލައިގެން ވާނެ ފިލްމެއް ނޫން މިއީކީ އެއް. ވަރަށް ވަަރަށް ރީތި," ފިލްމު ބެލުމަށް ފަހު ސިނަމާއިން ނިކުމެ ފިލްމަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.

ފިލްމު ނުބަލައިފިނަމަ ފަހުން ދެރަވާނެ: މަޓޭ

ކުރީ ރޭ އޮލިމްޕަހުންގައި ފިލްމު ބެލި މީހުންގެ ތެރޭގައި މަޝްހޫރު ކޮމެޑިއަން މަޓޭ ވެސް ހިމެނެ އެވެ. ފިލްމާއި ބެހޭ ގޮތުން އޭނާ ބުނީ މިއީ މި ފަހުން އޭނާއަށް ބަލާލެވުނު އެންމެ ރީތި / އެންމެ މޮޅު ފިލްމު ކަމަށެވެ. ޚާއްސަކޮށް ފިލްމުގައި ސަސްޕެންސް ގިނަވުމާއި ޔޫއްޕެ މި ފިލްމު ގެނެސްދީފައިވާ ގޮތް ޝައުގުވެރި ގޮތް އޭނާ ފާހަގަކުރި އެވެ.

އަދި އެކްޓަރުންގެ މޮޅު އެކްޓިންއަށް ވަރަށް ބޮޑަށް ތައުރީފުކުރި އެވެ. މީގެ އިތުރުން ފިލްމުން އޯޑިއެންސްއަށް ދޭ މުހިންމު މެސެޖުތައް ވަރަށް ބޮޑަށް ފާހަގަކުރި އެވެ.

"ފަހުން ދެރަވާނެ މިކަހަލަ މޮޅު ފިލްމެއް ނުބަލާ ދޫކޮށްލައިފިނަމަ," މަޓޭ ބުންޏެވެ.

ހަގީގަތުގައިވެސް މި ފިލްމުން ދެނީ ކޮންމެ މީހަކަށް ވެސް މުހިންމު މެސެޖުތަކެކެވެ. އިބްރަތުން ފުރިވެގެންވާ މެސެޖުތަކެކެވެ. ހަޔާތުގެ ކުރު ކަމެވެ. ދިރިއުޅުމުގެ ހަޤީޤަތެވެ. މަރުވާނެ ކަމެވެ. މައިބަފައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމު ކަމެވެ. އެ މީހުންނަށް އަނިޔާވެރިވެއްޖެ މީހެއްގެ ނިމުން އަންނަ ގޮތެވެ.

ކަންކަމުގެ ހަގީގަތް ބެލުމުގެ މުހިންމު ކަމެވެ. ކަމުގެ ދެކޮޅު ނުބަލާ ދޮގު "އިލްޒާމް" އެޅުވުމުގެ ނުރައްކާތެރި ކަމެވެ. ދެބަ އޮޑުވުމާއި ދޭތެރެ ޖެއްސުމުގެ ނުބައި ކަމެވެ. އެކަމުން ނުކުންނަ ނުބައި ނަތީޖާ އެވެ. އެފަދަ މީހެއްގެ ސަބަބުން މުޖްތަމައުއަށް ކުރާ ނޭދެވޭ އަސަރުތަކެވެ. އާއިލާތައް ރޫޅި ބައިބައިވެގެންދާ ގޮތެވެ. ހިނގާ ހަމަނުޖެހުންތަކާއި އަނިޔާވެރި އަމަލުތަކެވެ.

ބައްޕައަކާއި ދަރިއެއްގެ މެދުގައި އޮންނަން ޖެހޭ ލޯތްބެވެ. ކިޔަމަންތެރި ދަރިއަަކަށް އާޚިރުގައި ލިބޭ ނަސީބާއި ކާާމިޔާބެވެ. މައްސަަލަތައް ހައްލުކުރުމަށް މަޝްވަރާ ކުރުމުގެ މުހިންމު ކަމެވެ. ގޮތް ދޫކުރުމާއި ރުޅި އިސްނުކުރުމުގެ ފައިދާ އެވެ. މިހެން ގޮސް ކިތަންމެ އިބްރަތްތެރި މެސެޖްތަކެކެވެ.

މިއީ ކޮންމެހެން ވެސް ބަލާލަން ޖެހޭ ރީތި / މޮޅު ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު