ENGLISH

15 ޑިސެމްބަރު 2025

Advertisement

ދުވާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތް

14 ޑިސެމްބަރު 2025

|

ހަސަން އާމިރު

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ރ. ދުވާފަރުގައި ކުރިއަށް ދިޔަ މަސްކެނޑުމުގެ މުބާރާތުގެ ތެރެއިން. މި މުބާރާތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބައްލަވާލައްވާފައި. މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި ކުރިއަށް ދިޔަ އެކި މުބާރާތްތަކުގެ ތެރެއިން އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ބޭއްވުނު، މަސްކެނޑުމުގެ މުބާރާތް ކުރިއަށް ދިޔައީ އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިން. އަންހެން އަދި ފިރިހެނުންގެ ބައިން މަސްކެނޑުމުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ވަނީ ހޮވާފަ. ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމު.

ކިޔުންތެރިންގެ ހިޔާލު