ENGLISH

15 ޑިސެމްބަރު 2025

Advertisement

ރައީސް ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން މި މަހުގެ 18 ވަނަ ދުވަހު

14 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް ވިލިމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން މި މަހުގެ 18 ވަނަ ދުވަހު ރޭ ކުރިއަށް ގެންދަަވަން ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން 2025 ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަަހުގެރޭ 20:30ގައި ޞަލާޙުއްދީންސްކޫލްގައި އޮންނާނެ އެވެ.

ވީމާ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު އަރުވާ ކަމުގައި ވިދާޅުވި އެވެ.

މާލެ ސިޓީގެ ރައްޔިތުންނާއި މާލެ ސިޓީގައި ދިިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް އެއްސެވުމުގެ ގޮތުން ރައީސް ވަނީ ސިލްސިލާ ބައްދަލްވުންތަކެއް ބާއްވަވަން ފައްޓަވާފަ އެވެ. ރައްޔިތުންގެ ފަސޭހައަކަށް އެމަނިކުފާނު އެ ބައްދަލްވުންތައް ބާއްވަވަމުން ގެންދަވަނީ ކޮންމެ އަވަށަކަށް ވަކި ބައްދަލްވުމެކެވެ.

އެގޮތުން ވިލިމާލެ އާއި މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލެ ދެ ފިޔަވަހީގެ ރައްޔިތުންނާއި ވަކީން ބައްދަލު ކުރައްވަން ވަނީ ނިންމަވާފަ އެވެ. ބައެއް އަވަށްތަކުގެ ބައްދަލްވުންތައް ބާއްވާފައިވާއިރު އެ ބައްދަލްވުންތަކުގައި ރައްޔިތުން ބޭނުންވާ ހުރިހާ ޝަކުވާއަކާއި ކަންބޮޑުވުންތަކާއި ޝުޢޫރުތަކާއި ޚިޔާލުފާޅުކުރުންތަކަށް ފުރުސަތު ދެއްވި އެވެ.

އަދި އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ރައީސް ޖަވާބު ދެއްވެވި އެވެ.

ކިޔުންތެރިންގެ ހިޔާލު