ENGLISH

15 ޑިސެމްބަރު 2025

Advertisement

ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގެ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަަން ރައީސާ ބައްދަލުކުރައްވައިފި

15 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގެ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން ވަންގް ޑޮންގްމިންގް ރައީސް ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ ދައުލަތުގެ އެންމެ މުހިއްމު އިދާރާ ކަމުގައިވާ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގެ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން ވަންގް ޑޮންގްމިންގް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައި، އެމަނިކުފާނާ ބައްދަލުކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ރައީސްވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. 

ދުވަސްވީ އެކުވެރި ގުޅުމާއި، ދެ ގައުމުގެ މެދުގައި އޮތް އިތުބާރުގެ މައްޗަށް ބިނާވެފައިވާ ޗައިނާ-ރާއްޖެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ރައީސްވަނީ ދެއްވާފައެވެ. އޭގެ އިތުރަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭހެން މުހިއްމު ތަރައްގީގެ އެކި މަސައްކަތްތަކުގައި ޗައިނާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. 

މި ބައްދަލުވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެއްބާރުލުންދީ އެކުގައި މަސައްކަަތްކުރެވޭނެ އިތުރު ދާއިރާތައް ދެނެގަތުމާއި، މިހާރުވެސް އުފެދިފައި ހުރި ގުޅުންތައް އިތުރަށް ވަރުގަދަކުރުމާމެދު މަޝްވަރާކުރައްވާފައިވެއެވެ. 

އެގޮތުން އެއްބާރުލުންދީ ދެ ގައުމުން އެކުގައި މަސައްކަތްކުރާނެ މުހިއްމު ދާއިރާތަކުގެ ތެރޭގައ ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މުވާސަލާތާއި ދަތުރުފަތުރާއި އައިޓީއާއި ވިޔަފާރި ހިމެނެއެވެ. 

އަދި ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ގާއިމުކުރެވުނު ފަހުމުނާމާތަކާއި އެއްބަސްވުންތަކުގެ ދަށުން ހާސިލުކުރެވުނު ކުރިއެރުންތަކާއި ހިންގަމުންދާ މަޝްރޫއުތައް ކުރިއަށްގޮސްފައިވާ ހިސާބާމެދު ދެބޭފުޅުންވެސް ހިތްޕުޅުހަމަަޖެހިވަޑައިގަންނަވާކަން ހާމަކުރައްވާފައިވެއެވެ. 

މި ބައްދަލުވުމުގައި ވައިސް ޗެއާމަން ވަންގް ޑޮންގްމިންގްވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ޗައިނާއަށް ރައީސް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ވަފުދުގެ ދަތުރުފުޅުގެ މަގުސަދަކީ އެ ގުޅުން ދެ ގައުމާއި، ދެ ގައުމުގެ ރައްޔިތުންނަށް މަންފާވަނިވި ގޮތަށް އިތުރަށް ވަރުގަދަކޮށް ބަދަހިކުރެއްވުންކަން ފާހަގަކުރެއްވިއެވެ. 

އަދި ރާއްޖެއާއެކު އެކުލަވައިލެވިފައިވާ ޝާމިލު އިސްތިރާޖީ ޕާޓްނާޝިޕް ތަންދީޒުކުރުމުގައި ޗައިނާ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވުމާއެކު، ތަރައްގީގައި ރާއްޖެއިން އިސްކަންދޭ ކަންކަމަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ވަންޑް ޑޮންގްމިންގް ދެއެްވިއެވެ. 

ދެ ގައުމަށް ފައިދާވަނިވި ގޮތަށް އިހުސާސްވަނިވި ފައިދާތަކެއް ލިބޭނެހެން ޗައިނާ ރާއްޖޭގެ ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސްވަނީ ދެއްވާފައެވެ. 

ވައިސް ޗެއާމަން ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. 

ޗައިނާގެ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްއަކީ އެ ގައުމުގެ ދައުލަތުގެ އެންމެ ބާރުގަދަ އަދި އެންމެ މަތީ ގުނަވަނެވެ. އަހަރަކު އެއްފަހަރު އެއްވާ މި ގުނަވަނުގެ ބައްދަލުވުން ނޯންނަ ވަގުތުތަކުގައި އެ ގުނަވަނުގެ ހުރިހާ ބާރުތަކެއް ތަންފީޒުކޮށް ހިންގާނީ ސްޓޭންޑިން ކޮމިޓީންނެވެ. 

ކިޔުންތެރިންގެ ހިޔާލު