ENGLISH

15 ޑިސެމްބަރު 2025

Advertisement

ފާއިތުވި މަހު 359 މީހަކަށް ތެރަޕިއުޓިކް ފަރުވާ ދިނުމަށް 12.3 މިލިއަން އެންސްޕާއިން ހަރަދުކުރި

15 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ތެރަޕިއުޓިކް ފަރުވާއަށް އެންސްޕާއިން 12.3 މިލިއަން ރުފިޔާ ނިމުނު މަހު ހަރަދުކުރި

ފާއިތުވި މަހު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާ ފޯރުކޮށްދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކޮށް 12.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެ އެޖެންސީން ބުނެފިއެވެ. 

އެންސްޕާއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ފާއިތުވި މަހުގައި ދައުލަތުގެ ހަރަދުގައި 359 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާ ފޯރުކޮށްދިނެވެ. އެއިން 342 މީހުންނަކީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނެވެ. 

ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމުނު މަހު އެންމެ ގިނައިން ތެރަޕިއުޓިކް ފަރުވާ ހޯދީ ފިރިހެނުންނެވެ. އެގޮތުން 252 ފިރިހެނަކަށް ދައުލަތުގެ ހަރަދުގައި ތެރަޕިއުޓިކް ފަރުވާ ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި 243 ކުޑަކުދިން ހިމެނެއެވެ. 

ތެރަޕިއުޓިކް ފަރުވާއަށް ދައުލަތުން ކުރި ހަރަދުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ބިހޭވިއަރަލް ތެރަޕީ ފޯރުކޮށްދިނުމަށެވެ. އެގޮތުން ބެހޭވިއަރަލް ތެރަޕީ ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް 3.5 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވެއެވެ. 

އޭގެ އިތުރަށް އޮކިއުޕޭޝަނަލް ތެރަޕީއަށް 3.4 މިލިއަން އަދި ސްޕީޗް ތެރަޕީއަށް 3.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އާލީ އިންޓަވެންޝަނަށް މިދިޔަ މަހު އެންސްޕާއިންވަނީ 9،000 ރުފިޔަގެ އެހީ ދޫކޮށްފައެވެ. 

މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،398 މީހަކު ރަޖިސްޓްރީވެފައިވާއިރު، އެއިން 5050 މީހުންނަކީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އަދި 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،613 މީހަކާއި، 65 އަހަރުން މަތީގެ 2،275 މީހަކު ދަފުތަރުގައި ރަޖިސްޓްރީވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު